Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

މަރަދޫ މީހަކު 15 އަހަރަށް ޖަލަށް ހުކުމްކޮށް، 25،000ރ. އިން ޖޫރިމަނާކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރި ކަމުގެ ކުށް ސާބިތުވި މީހަކު 15 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށް 25،000ރ. ކްރިމިނަލް ކޯޓުން ޖޫރިމަނާކޮށްފި އެވެ.

މި މައްސަލާގައި ހުކުމް ކޮށްފައިވަނީ ސ. މަރަދޫ ފާހި، ހުސެއިން ހައިޝަމްގެ މައްޗަށެވެ. އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ 2010 ވަނަ އަހަރު މާފަންނު ފާށަނާ ކިލެގެފާނު މަގުގައި ހުންނަ ޕާކު ތެރެއަށް ވަދެ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކޮށްފައިވާކަން ތަހުގީގަށް ސާބިތުވެފައިވާތީ އެވެ.

ހައިޝަމުގެ މައްޗަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 15 އަހަރު ދުވަހަށް ޖަލަށްލާ 25،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށްފަހު، އެ ފައިސާ އެއް މަސްދު ވަހުގެ ތެރޭގައި ކުރިމިނަލް ކޯޓަށް ދައްކާ ހަލާސް ކުރުމަށެވެ.