Last Updated: June 28, 13:55
Sunday, June 28, 2026
ކުޅިވަރު

އޮލިމްޕިކްސް: އެމެރިކާ އަށް ޖިމްނާސްޓިކުން ވެސް ރަން މެޑަލް

19 އަހަރުގެ ބައިލްސްގެ ހުނަރާއެކު އެމެރިކާ އަންހެނުންގެ ޖިމްނާސްޓިކް އިން ރަން މެޑަލް ގެނެސްފިއެވެ. 184.897 ޕޮއިންޓާއެކު އެމެރިކާ ރަން މެޑަލް ހޯދިއިރު މިއީ އެމެރިކާ ޓީމަށް ޖެހިޖެހިގެން 5 ވަނަ ގްލޯބަލް ޓައިޓަލްއެވެ.

އިވެންޓުން ރިހި މެޑަލް 176.688 ޕޮއިންޓާއެކު ރަޝިޔާ ހޯދިއިރު ޗައިނާ 176.003 ޕޮއިންޓު، ޖަޕާން 174.371 އަށް ލިބިފައިވަނީ ބްރޯންޒެވެ.

އިނގިރޭސި ޓީމަށް 174.362 ލިބިގެން ލައްވާލާފައިވަނީ 5 ވަނައިގައެވެ. މިއީ ގްރޭޓް ބްރިޓެއިން އަށް 1928 ވަނަ އަހަރަށްފަހު މި އިވެންޓުން މެޑަލް ލިބުނު ފުރަތަމަ ފަހަރެވެ.

ޖުމުލަ 26 މެޑައްޔާއެކު މިއަހަރުގެ އޮލިމްޕިކްސް އިންވެސް އެންމެ ގިނަ މެޑަލް ކާމިޔާބުކުރާނެ ކަމަށް ބެލެވެނީ އެމެރިކާއެވެ.

މިހާތަނަށް 9 ރަން މެޑަލް، 8 ރިހި އަދި 9 ބްރޯންޒް އެމެރިކާގެ އެތްލީޓުންވަނީ ހޯދާފައެވެ. ދެވަނައިގައި އޮތް ޗައިނާ އަށް ލިބިފައިވަނީ ޖުމުލަ 17 މެޑަލެވެ. އެއީ 8 ރަން، 3 ރިހި އަދި 6 ބްރޯންޒެވެ.

ތިންވަނައިގައި ޖުމުލަ 6 މެޑައްޔާއެކު މިވަގުތު އޮތީ ހަންގޭރީ އެވެ. އެއީ 4 ރަން މެޑަލް، 1 ރިހި އަދި އެއް ބްރޯންޒާއެކުއެވެ.