Last Updated: June 4, 20:19
Thursday, June 4, 2026
ޚަބަރު

ސިފައިން ސިޔާސީ ފަރާތްތަކާ ބައްދަލު ކުރުން މަނާ

ސިފައިންނަކީ ވަކި ފަރާތަކަަށް ޖެހި މަސައްކަތް ކުރަންޖެހޭ ބައެއް ނޫންކަމަށާއި، އެއްވެސް ސިޔާސީ ފަރާތަކާއި ބައްދަލު ކުރުމަކީ މަނާ ކަމެއް ކަމަށް ޑިފެންސް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

ޑިފެންސް މިނިސްޓްރީން ކަނޑައަޅާފައިވާ ގޮތުގައި ސިފައިންނަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާާއި، ސިޔާސީ ވެރިންނާއި، ބޭރުގެ ޑިޕޮލޮމެޓުންނާއި އެއްވެސް ގޮތަކަށް ބައްދަލު ކުރުމަކީ މަނާކަމެއް ކަމަށް ވަނީ ކަނޑައަޅާފައެވެ.

ސިފައިންނަށް ސިޔާސީ ފަރާތްތަކާއި ބައްދަލު ކުރުން މަނާ ކުރީ ރާއްޖޭގެ ސިޔާސީ މައިދާން ވަރަށް ބޮޑަށް ހަލަބޮލިވެފައިވާ ދަނޑިވަޅެއްގަ އެވެ.