ނިމިގެން ދިޔަ 2015 ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުގައި ބައިވެރިވެ، މުޅި ދުނިޔެއިން ރާއްޖޭގެ ފަސް ދަރިވަރަކު ފަޚުރުވެރި އެއްވަނަ ހޯދައިފި އެވެ.
އޭގެ ތެރެއިން ތިން ދަރިވަރުންނަކީ އައްޑު އަށް ނިސްބަތްވާ ތިން ކުދިންނެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ހާސް ދަރިވަރަކު ކޮންމެ އަހަރަކު ބައިވެރިވާ މިއިމްތިހާނުގައި ރާއްޖޭގެ ފަސް ދަރިވަރަކު ދުނިޔެއިން އެއްވަނަ ހޯދާފައިވަނީ ތަފާތު ހަތަރު މާއްދާއަކުންނެވެ.
މި ވަނަތައް ހޯދި ދަރިވަރުންނަކީ:
މީގެ އިތުރުން ދުނިޔޭގެ ގަދަ 10 ގައި ރާއްޖޭގެ 40 ދަރިވަރަކު ވަނީ އެކި މާއްދާތަކުން ހިމެނިފައެވެ. މިފަހަރު އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ހުރިހާ މާއްދާ އަކުން 'އޭ' ފާސް ހޯދައިގެން ރާއްޖޭގެ ގަދަ 10 ގައި 74 ދަރިވަރަކު ވަނީ ހިމެނިފައެވެ.
އަދި ރާއްޖޭގެ ގަދަ 10 ގައި 504 ދަރިވަރަކު ވަނީ މިފަހަރު ހިމެނިފައެވެ. މީގެ އިތުރުން، ރާއްޖޭގެ ފެންވަރުގައި 17 ދަރިވަރަކު "ބެސްޓް އިން މޯލްޑިވަސް" އެވޯޑް އަދި އަށް ދަރިވަރަކު ހައި އެޗީވާސް އެވޯޑް މިރޭގެ ރަސްމިއްޔާތުގައި ހާސިލް ކޮށްފައިވެ އެވެ.
މިދިޔަ އަހަރަކީ 2014 ވަނަ އަހަރާއި އަޅާ ބަލާއިރު އިލްމު އުނގެނުމުގައި ކުރިއަރާ ދިޔަ އަހަރެއްކަމަށް މިނިސްޓްރީއިން ބުނެފައިވެއެވެ. 5011 ދަރިވަރުން އޯލެވެލް އިމްތިހާނުގައި ބައިވެރިވެ، ފަސް މާއްދާއިން ފާސްވި ދަރިވަރުންގެ އަދަދު 3.7 އިންސައްތަ މަތިކުރެވިފައިވާކަމަށް މިނިސްޓްރީއިން ބުނެފައިވެއެވެ.

އަދި ސްކޫލްތަކަށް ބަލާއިރު ފަސް މާއްދާއިން ފާސްވި ދަރިވަރުން 60 ޕަސެންޓަށްވުރެ މަތީ 38 ސްކޫލެއްގައި 2014 ވަނަ އަހަރު ހުރިނަމަވެސް އެ އަދަދު މިދިޔަ އަހަރު ވަނީ 63 ސްކޫލަށް މަތިވެފަ އެވެ.
މީގެ އިތުރުން، މިދިޔަ އަހަރު 17 ސްކޫލަކުން ވަނީ، ފަސް މާއްދާއިން ފާސްވި ދަރިވަރުންގެ ނިސްބަތް 80 ޕަސެންޓަށް މަތި ކޮށްފަ އެވެ.
ފާއިތުވެ ދިޔަ ފަސް އަހަރު ތެރޭގައި ރާއްޖޭގެ ސްކޫލުތަކުން ވަނީ އޯލެވެލް އިމްތިހާނު ނިންމާ ދަރިވަރުންގެ ފެންވަރު ވަރަށް ބޮޑުތަން ރަނގަޅުކޮށްފައެވެ.
ސްކޫލު ތަކުން އިމްތިހާނަށްޓަކައި ދަރިވަރުން ތައްޔާރުކުރުމަށް ކުރާ މަސައްކަތާއި، ބެލެނިވެރިންގެ ހިތްވަރު އަދި މިނިސްޓްރީގެ އެހީތެރިކަމަކީ މި ފަޚުރުވެރި ނަތީޖާތަކުގެ އަސްލެވެ.