Last Updated: June 28, 13:55
Sunday, June 28, 2026
ކުޅިވަރު

ރިއޯ އޮލިމްޕިކްސް: ބްރެޒިލް ކުއާޓާ އަށް

އޮލިމްޕިކްސް ގެ ފުޓުބޯޅަ އިވެންޓުގައި ބްރެޒިލް ޑެންމާކް ބަލިކޮށް ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.

ކުރިން ކުޅުނު ދެމެޗުވެސް ލަނޑެއް ނުޖެހި އެއްވަރުވެ ނިމިގެން ރޭގެ މެޗު ބްރެޒިލް އަށް މޮޅުވާން މަޖުބޫރު މެޗަކަށް ވަނީ ވެފައެވެ. މެޗު ބްރެޒިލް ކާމިޔާބުކޮށްފައި ވަނީ 0-4 އިންނެވެ.

މެޗުގައި ގޯލު ޖެހި ކުޅުންތެރިންނަކީ ގެބްރިއަލް ބާބޯސާއާއި ގެބްރިއަލް ހެސޫސްގެ އިތުރުން ލުއާންއެވެ. ބާބޯސާ ވަނީ ރޭގެ މެޗުގައި ދެގޯލު ޖަހާފައެވެ.

ރޭގެ މެޗުން މޮޅުވެ ތިން މެޗުން 5 ޕޮއިންޓު ލިބި، ބްރެޒިލް ކުއާޓާއަށް ދަތުރުކޮށްފައިވަނީ ގްރޫޕުގެ އެއްވަނައިގައި އޮވެގެންނެވެ. ގްރޫޕުގެ ދެވަނައަށް ދިޔައީ އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުވުމަށްފަހު ބްރެޒިލް އަތުން ބަލިވި ޑެންމާކެވެ.

ދެވަނަ އިރާގު ހޯދިއިރު ގްރޫޕުގެ ފުލަށް ދިޔައީ އެންމެ މެޗަކުންވެސް މޮޅެއް ނުލިބުނު ދެކުނު އެފްރިކާއެވެ.

އެހެން ގްރޫޕު ތަކަށް ބަލާއިރު ގްރޫޕް ބީގެ އެއްވަނައިގައި އޮތީ ދެ މެޗުން މޮޅުވެ ލިބުނު 6 ޕޮއިންޓާއެކު ނައިޖީރިއާއެވެ. ގްރޫޕް ސީ ގައި ސައުތް ކޮރެއާ 7 ޕޮއިންޓާއެކު އެއްވަނައިގައި އޮތްއިރު ޖަރުމަނު އޮތީ 5 ޕޮއިންޓާއެކު ދެވަނައިގައެވެ.

ގްރޫޕް ޑީ ގެ އެއްވަނަވެސް 7 ޕޮއިންޓު ލިބިގެން ހޯދާފައިވަނީ ޕޯޗުގަލްއެވެ. ދެވަނަ އަދި ތިންވަނައިގައި ހޮންޑިއުރާސްއާއި އާޖެންޓީނާ އޮތީ 4 ޕޮއިންޓާއެކުއެވެ.