Last Updated: March 29, 16:28
Friday, March 29, 2024
ޚަބަރު

ރާއްޖެ ވަނީ ހަތަރު އަނގޮޅިއެއްގެ ކަންމަތީގައި: ނަޝީދު

ދިވެހި ރާއްޖެ މިވަނީ ހަތަރު އަނގޮޅިއެއްގެ ކަންމަތީގައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދުގެ ޓްވިޓާ އެކައުންޓް މެދުވެރިކޮށް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސަލާމަތުގެ އައްސޭރި އޮތީ އެކެއް އަނެކެއްގެ ކިބައިން ހިތްވަރު ހޯދާ، ބިރު ފަހަނަޅާ ދިއުމުންނެވެ.

ނަޝީދު މިހެން ވިދާޅުވެފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްވެސް މިފަދަ ބަސްފުޅެއް ވިދާޅުވެފައިވަނިކޮށެވެ.

މައުމޫންވެސް ޓްވިޓާ އެކައުންޓް މެދުވެރިކޮށް ރޭ ކުރި ޓުވީޓެއްގައި ބުނެފައިވަނީ ސިޔާސީ ގޮތުން ކާމިޔާބު ހޯދުމަށް ބިރު ފަހަނަޅައި ދާން ޖެހޭނެ ކަމަށެވެ.

ކުރީގެ ދެ ރައީސުން މިފަދަ ގޮތަކަށް ޓްވީޓް ކުރައްވާފައި މިވަނީ ސަރުކާރަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވެފައި ވަނިކޮށެވެ.