Last Updated: May 2, 05:48
Friday, May 2, 2025
ސިޔާސީ

އަބުރުގެ ބިލް ރައީސް ޔާމީން ތަސްދީގުކޮށްފި

ހިޔާލު ފާޅުކުރުން ހަނިވާގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރި އަބުރުގެ ބިލް ރައީސުލް ޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ތަސްދީގު ކުރައްވައިފިއެވެ.

އ.ދ އިން ބިލް ތަސްދީގު ނުކޮށް އިސްލާހުކުރުމަށް އަނބުރާ މަޖިލީހަށް ފޮނުވާލުމަށް ގޮވާލާފައިވަނިކޮށް ރައީސް ޔާމީން ބިލް ތަސްދީގު ކުރައްވާފައިވަނީ މިއަދު މެންދުރު ވަގުތެއްގައެވެ.

މިބިލަށް އ.ދ އަދި އެމެރިކާގެ އިތުރުން ޑިމޮކްރަސީ ކުރިއެރުވުމަށް މަސައްކަތް ކުރާ އެތައް ބަޔެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

ބިލުގެ ސަބަބުން ޑިމޮކްރަސީއިން ރައްޔިތުންނަށް ލިބިދޭ ހިޔާލު ފާޅު ކުރުމުގެ މިންވަންކަން ވަރަށް ބޮޑަށް ހަނިކުރެވިފައިވެއެވެ. މިބިލަކީ މިނިވަން ނޫސްވެރިކަމަށާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އެޅުނު ވަރަށް ބޮޑު ހުރަހެއް ކަމަށް ނޫސްވެރިންނާއި އާންމު ރައްޔިތުން ވަނީ އަޑުއުފުލައި ބިލު އިސްލާހުކުރުމަށް ގޮވާލާފައެވެ.

ނަމަވެސް ރައްޔިތުންގެ ގޮވާލުމަށް ބީރު ކަންފަތެއް ދީ މަޖިލީހުގެ މެޖޯރިޓީއިން ވަނީ އަންގާރަ ދުވަހު ބިލް ފާސްކޮށް ރައްޔިތުންނަށް ލިބިފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އެނގިތިބެ ހަނިކޮށްފައެވެ.