Last Updated: May 3, 22:21
Friday, May 3, 2024
ޚަބަރު

އަޅުގަނޑުގެ ހިތް ސާފު: ރައީސް މައުމޫނު

ރައީސް މައުމޫން އަދި ރައީސް މުހައްމަދު ނަޝީދު

ސިޔާސީ އެކި ފޯރަމްތަކުގައި، ރައީސް މައުމޫންއަށް ދެރަކޮށް ބައެއް ބަސްތައް ބުނެވިފައިވާތީ، އެކަމަށް މައާފަށް އެދި ކުރެއްވި ޓްވީޓަށް ރައީސް މައުމޫނު އަބްދުލް ގައްޔޫމް ޖަވާބު ދެއްވައިފިއެވެ.

މައުމޫން ވިދާޅުވީ "ވަރަށް ބޮޑަށް ޝުކުރިއްޔާ، އަޅުގަނޑުގެ ހިތް ސާފު" ކަމަށެވެ.

މުސްތަފާ، ރައީސް މައުމޫންގެ އަރިހުން މަޢާފަށް އެދިވަޑައިގެންފައި މިވަނީ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުން ތްރީލައިން ވިޕެއް ނެރެފައިވަނިކޮށް އަބުރުގެ ބިލާއި ދެކޮޅަށް ވޯޓު ދެއްވުމާއި ގުޅިގެން ޕާލިމެންޓްރީ ގްރޫޕުގެ ވައިބާއިން ބޭރުކޮށްލާފައި ވަނިކޮށެވެ.

މުސްޠަފާ ވިދާޅުވީ ރައީސް މައުމޫނަކީ ގައުމަށް އަގުހުރި ހިދްމަތްތަކެއް ކޮށްދެއްވި ބޭފުޅެއްކަމަށާއި ރައީސް މުހައްމަދު ނަޝީދު އާއި ދެބޭފުޅުންގެ ވިސްނުންފުޅު ގައުމާއި މެދު އެއްގޮތަކަށް ހުރުމަކީ ހެޔޮފާލެއް ކަމަށެވެ.

މުސްޠަފާ ގެންދަވަނީ ފާޅުގައި ޕީޕީއެމްގެ ބައެއް މެމްބަރުންނާއި ދެކޮޅަށް ޓްވީޓް ކުރައްވަމުންނެވެ.