Last Updated: July 12, 11:37
Saturday, July 12, 2025
ޚަބަރު

ބިރު ފަހަނަ އަޅާ ދާކަށް މައުމޫން ވިދާޅެއް ނުވޭ: އުމަރު

މައުމޫން އަދި އުމަރު ނަސީރު. ފޮޓޯ: ސަން

ރައީސް މައުމޫން ކުރެއްވި ޓްވީޓްގައި "ބިރު ފަހަނަޅާ ދާކަށް ވިދާޅުނުވާ" ކަމަށާއި، އެޓްވީޓްގެ އަސްލު މާނަ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ބަޔާންކޮށްފިއެވެ.

ފޮޓޯ އަކާއި އެކު އުމަރު ކުރެއްވި ޓްވީޓެއްގައި ވަނީ، ރައީސް މައުމޫންގެ ކުރެއްވި ޓްވީޓާއި އޭގެ މާނަ ދިވެހި ބަހުން ހާމަކޮށްފައެވެ.
umar

"ސިޔާސީ ކޮންމެ ކަމެއްގައިވެސް ކާމިޔާބީއާއި ހަމައަށްދާން ތެދުވެރިކަމާއި ހިތްވަރާއި އެކު މަސައްކަތް ކުރުން ވަރަށް މުހިއްމު. ބިރުގަނެ އަޅުގަނޑުމެންގެ އަމަލުތައް ހަނިކޮށްފި ނަމަ ދުވަހަކުވެސް ކާމިޔާބީއާއި ހަމައަށް ނުދެވޭނެ" އުމަރުގެ ޕޯސްޓްގައި ރައީސް މައުމޫންގެ ޓްވީޓް މާނަ ކޮށްފައިވެއެވެ.

ރައީސް މައުމޫން ކުރެއްވި މި ޓްވީޓާއި ގުޅިގެން ދައުލަތުގެ މީޑިއާއިން ރޭ ވަނީ "ބިރަކާއި ނުލައި މަޖާކުރުމަށް ހިތްވަރު ލިބޭ ގޮތަށް، ބިރުފަހަނަޅާ ކުރިއަށް ދިއުމަށް މައުމޫނު ގޮވާލައްވައިފ" ސުރުހީގައި ރިޕޯޓެއް ޝާއިއުކޮށް، ޓީވީއެމްއިން އެ ރިޕޯޓް ގެނެސްދީފައެވެ. ނަމަވެސް އެތައް ބައެއްގެ ފާޑު ކިއުން އަމާޒުވުމުން އެރިޕޯޓް ވަނީ ޕީއެސްއެމްގެ ވެބްސައިޓުން ނަގާފައެވެ.

ރައީސް މައުމޫނާއި، އެމަނިކުފާންގެ ކޮއްކޯފުޅު މިހާރުގެ ރައީސް އަބްދުﷲ ޔާމީން އާއި ދެމެދު ގުޅުން ގޯސްވެ، ވެރިކަން ކުރާ ޕާޓޫތެރޭގައި ވަނީ ނުތަނަވަސްކަން އުފެދިފައެވެ.

އުމަރު ނަސީރަކީ ރައީސް މައުމޫނަށް ވަރަށް ބޮޑަށް ތާއިދު ކުރައްވާ ބޭފުޅެއްގެ ގޮތުގައި ފާހަގަ ކުރެވެއެވެ.