Last Updated: July 22, 18:06
Thursday, July 23, 2026
ސިޔާސީ

އައިބީ މިރޭ ފޭދޫ ރައްޔިތުންނާ ބައްދަލު ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާއިގެ ޕީޕީއެމް މެމްބަރު އިބްރާހީމްދީދީ (އައިބީ) ފޭދޫ ރައްޔިތުންނާ މިރޭ ބައްދަލު ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ޕީޕީއެމްގެ ފޭދޫ ގޮފިން އަންނަނީ އެ ބައްދަލުވުމަށް ހާޒިރު ވާން ފޭދޫ ރައްޔިތުންނަށް އެސްއެމްއެސްއެއް ފޮނުވަމުންނެވެ.

އެ މެސެޖްގައި ބުނެފައި ވަނީ އައިބީ ފޭދޫ ރައްޔިތުންނާ ބައްދަލުކޮށްލަން ބޭނުންވާ ކަމަށެވެ. އެހެންވެ މިރޭ 8:45 އަށް ފޭދޫ ސްކޫލަށް ހާޒިރު ވާން އެދިފައިވެ އެވެ.

ބައްދަލުވުން ކުރިއަށް ދާނީ ފޭދޫ ސްކޫލްގެ އޭވީ ރޫމްގައި ކަމަށް ވެސް މެސެޖްގައިވެ އެވެ.