ޖޯން އަބްރަހްމް އާއި ޕްރަޗީ ދެސާއީގެ އިތުރުން ޗިތުރަންގަދާ ސިންގް ލީޑް ރޯލް ކުޅެފައިވާ "އައި، މީ އޯރް މޭ" ގެ ފުރަތަމަ ޓްރެއިލާ އާންމުކޮށްފި އެވެ.
ތިނެސްކަން ލޯބީގެ ހާދިސާތަކެއް ދައްކުވައިދޭ މި ފިލްްމްގެ ޑައިރެކްޓަރަކީ ކަޕިލް ޝަރްމާ އެވެ. މިއީ މިހާރު ބޮލީވުޑްގެ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެެއް ހޯދަމުން އަންނަ "ރޭސް 2" އަށް ފަހު ޖޯންގެ އެންމެ އަވަހަށް ރިލީޒް ވާނެ ފިލްމެވެ. އަދި މިއީ އޭނާ ޕްރަޗީ އާ އެކު މަސައްކަތް ކުރާ ފުރަތަމަ ފިލްްމް ވެސް މެ އެވެ.
އެހެން ނަމަވެސް މީހެ ކުރިން ޖޯން ވަނީ ރޯހިތު ދަވަންގެ "ދޭސީ ބޯއިޒް" ގައި ޗިތުރަންގަދާ އާ އެކު މަސައްކަތްކޮށްފަ އެެވެ. "އައި، މީ އޯރް މޭ" ގައި އެކްޓަރު އަދިތިޔާ ޕަންޗޯލީގެ އަންހެނުން ޒަރީނާ ވައްހާބް އާއި "އެކް ތަ ޓައިގާ" ގެ ޑައިރެކްޓަރު ކަބީރް ހާންގެ އަންހެނުން މިނީ މާތޫރު ވެސް މުހިއްމު ރޯލެއް އަދާކޮށްފައިވެ އެވެ.
"އައި، މީ އޯރް ހަމް" އަކީ ޝްރިސްތީ އަރިއާ އާއި ކުރީގެ ބަތަލާ ސޮނާލީ ބެންޑްރޭގެ ފިރިމީހާ ގޮލްޑީ ބެލް އަދި ޕޮލެން އެންޓަޓެއިންމަންޓްގެ އިތުރުން ރިލައަންސް އެންޓަޓެއިންމަންޓް ގުޅިގެން ގެނެސްދޭ ފިލްމެކެވެ.
މި ފިލްމް ރިލީޒް ކުރަން ހަމަޖެހިފައި ވަނީ މާޗް 1 ގަ އެވެ.