Last Updated: April 29, 14:29
Monday, April 29, 2024
ކުޅިވަރު

އެތުލެޓިކްސްގައި އައްޑޫން ތިން ސްކޫލް

މައިލޯ 19 ވަނަ އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ޖުމްލަ 30 ސްކޫލަކުން ބައިވެރިވި އިރު، އައްޑޫން ބައިވެރިވެފައި ވަނީ އެންމެ ތިން ސްކޫލް ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ބުނެފި އެެވެ.

އެތަނުން ބުނީ މުބާރާތުގައި އައްޑޫން ބައިވެރިވީ އައްޑޫ ހައި ސްކޫލާއި ހިތަދޫ ސްކޫލްގެ އިތުރުން ފޭދޫ ސްކޫލް ކަމަށެވެ.

މުބާރާތުގައި ދެން ބައިވެރިވެފައިވާ ސްކޫލްތަކަކީ:

* ޏ. އަތޮޅު ތަޢުލީމީ މަރުކަޒު
* ހާފިޒް އަޙްމަދު ސްކޫލް
* މަދުރަސަތުލް ޝައިޚް މުޙައްމަދު ޖަމާލުއްދީން
* ފުވައްމުލަކު ސްކޫލް
* ޒިކުރާ އިންސްޓިޓިއުޓް
* ޣާޒީ ސްކޫލް
* އަމީނިއްޔާ ސްކޫލް
* ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލް
* ކަލާފާން ސްކޫލް
* އިސްކަންދަރު ސްކޫލް
* ޖަމާލުއްދީން ސްކޫލް
* އަޙްމަދިއްޔާ އިންޓަަނޭޝަނަލް ސްކޫލް
* ދަރުމަވަންތަ ސްކޫލް
* ސެންޓަ ފޮ ހަޔާ ސެކަންޑްރީ އެޑިޔުކޭޝަން
* ހިރިޔާ ސްކޫލް
* މަޖީދިއްޔާ ސްކޫލް
* ޖުއްދީން ސްކޫލް
* ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް
* ބިލަބޮން ހައި އިންޓަރނޭޝަނަލް ސްކޫލެ

އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްލިއަންޝިޕް މި ފަހަރު ކުރިއަށް ދާނީ އަންނަ މަހުގެ 2-5 އަށް މާލޭގަ އެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ މުބާރާތުގައި ކުރިއަށް ދާނީ ފަސް އުމުރުފުރާއެއްގައި ދެޖިންސުން ޖުމްލަ 104 އިވެންޓާ އެކު ކަމަށެވެ.

އުމުރުފުރާތަކަކީ 11، 13، 15، 17 އަދި 19 އަހަރުން ދަށެވެ.