Last Updated: June 28, 13:55
Sunday, June 28, 2026
ކުޅިވަރު

ހަލް ސިޓީ ޗެމްޕިއަން ލެސްޓާ ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަން މިއަދު ފަށާފައިވާއިރު ފުރަތަމަ މެޗުގައި އަލަށް މިސީޒަނުގައި ޕްރިމިއާ ލީގަށް ޕްރޮމޯޓްވި ހަލް ސިޓީ ޗެމްޕިއަން ލެސްޓާ ގެ މައްޗަށް ކުރި ހޯދައިފިއެވެ.

އެކެޑެމީގެ ކުޅުންތެރިންނާއެކު ހަލް ސިޓީ ކުޅުނު މިމެޗު ކާމިޔާބުކޮށްފައިވަނީ 1-2 ގެ ނަތީޖާއިންނެވެ.

ސީނިޔާ މެނޭޖަރާއި، 3 ކުޅުންތެރިންނާ ނުލާ ސީޒަން ފަށަން ޖެހުނު ހަލް ސިޓީގެ ޓީމަކީ ޕްރިމިއާ ލީގުގައި މިހާތަނަށް އެންމެ 'ބަލިކޮށް' ތައްޔާރުވެ ފުރަތަމަ މެޗަށް ނިކުތް ޓީމެވެ.

މެޗުގެ ފުރަތަމަ ގޯލު 41 ވަނަ މިނެޓުގައި ހަލް އަށް ޖަހާދީފައިވަނީ އެކްރޮބެޓިކު ސްޓައިލުން އަޑްމާ ޑައިމޮނޭޑްޒްއެވެ. ދެވަނަ ހާފުގެ ކުރީކޮޅު ލެސްޓާ އަށް ލިބުނު ޕެނަލްޓީއެއް ގޯލުގެ ތެރެއަށް ވައްދާލާފައިވަނީ ރިޔާދް މަހްރޭޒެވެ.

މެޗުގެ ތިންވަނަ ގޯލު ލެސްޓާ އެއްވަރު ކުރިތާ 10 މިނެޓު ފަހުން ޖަހާފައިވަނީ ހަލްގެ ސްނޮޑްގްރާސްއެވެ.

މެޗުގައި ލެސްޓާ ފޯވާޑް، ޖޭމީ ވާޑީއަށް ވަނީ ހުސް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. ރިޔާދް މަހުރޭޒަށްވެސް އެދެވޭ ކުޅުމެއް ދެއްކިފައިނުވާއިރު ޒުވާން ފޯވާޑް އަހުމަދު މޫސާ ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ.

މިއީ ޕްރިމިއާ ލީގު ނެގި ޓީމެއް ޖެހިގެން އައި ސީޒަނުގެ ފުރަތަމަ މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.