Last Updated: June 27, 02:30
Saturday, June 27, 2026
ޚަބަރު

ފުވައްމުލަކު ނަރުދަމާ ސާމާން ހިފައިގެން ދިޔަ ބޯޓު ފަރަށް އަރައިފި

ފުވައްމުލަކުގެ ފެނާއި، ނަރުދަމާ އެޅުމަށް ބޭނުންވާ ސާމާން ހިފައިގެން ދިޔަ ބޯޓު އެރަށުގެ ފަރަށް އަރައިފިއެވެ.

ވިއެޓްނާމްގެ މި ބޯޓު ފުވައްމުލަކު ހުޅަނގު ދެކުނު ފަރާތު ފަރުމައްޗަށް އަރާފައިވަނީ މިއަދު ހަވީރު 3:45 ހާއިރުއެއެވެ.

އިންޑިއާގެ ޓުޓިކޮރިން އިން ރާއްޖެއަށް މުދާ ބަރުކޮށްގެން މިމަހު 8 ވަނަ ދުވަހު މާލެ ބަނދަރަށް ވަދެ ކްލިއަރެންސް ހޯދުމަށްފަހު ފުވައްމުލަކަށް ހިލަ އާއި ހިލަވެލި ހިފައިގެން ދަތުރުކުރަމުންދިޔަ މި ބޯޓަކީ ދިގުމިނުގައި 102.79 މީޓަރު ހުރި އަދި ފުޅާ މިނުގައި 17 މީޓަރު ހުރި ބޯޓެކެވެ. މި ބޯޓު ފަރަށް އެރިއިރު 20 ފަޅުވެރިން ބޯޓުގައި ތިއްބެވެ. މި ހާދިސާގައި ބޯޓުގެ އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

baot3

ބޯޓު ފުންކުރުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އަދި ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން އަންނަނީ ކުރަމުންނެވެ.