Last Updated: June 28, 13:55
Sunday, June 28, 2026
ޚަބަރު

އެމެރިކާގެ މިސްކިތެއްގެ އިމާމަކު މަރާލައިފި

އެމެރިކާގެ ނިއު ޔޯކްގައި މިސްކިތެއްގެ އިމާމަކާއި އޭނާގެ އެސިސްޓެންޓު ގަޔަށް ބަޑި ޖަހައި މަރާލައިފިއެވެ.

އިއްޔެގެ ވަގުތެއްގައި އަލް ފުރުޤާން މިސްކިތުގައި ނަމާދުކުރުމަށްފަހު އިމާމް މައުލާމާ އަކްނޮޖީ ގެއަށް ވަޑައިގަންނަނަވަން ދިޔަ މަގުމަތީގައި މީހަކުވަނީ ބަޑި އަކުން ކުރިމަތިލައި ދެމީހުންގެ ގަޔަށް ބަޑި ޖަހާފައެވެ.

މެންދުރު 1:50 އެހާކަށްހާއިރު މެންދުރު ނަމާދުކޮށް ނިމިގެން އިމާމް މައުލާމާ އަކްނޮޖީ އާއި އެސިސްޓެންޓު އުއްދީނު އަނިޔާވެރިގޮތަކަށް މަރާލާފައިވާއިރު ފުލުހުން ބުނެފައިވަނީ އެއީ އެބޭފުޅުންގެ ދީނާއި ގުޅިގެން ހިންގާފައިވާ ކުށެއް ކަމަށް ނުފެންނަ ކަމަށެވެ.

ނަމަވެސް އެހިސާބުގައި ތިބި މުސްލިމުން ވަނީ އެކަން ދޮގުކޮށް ރުޅިވެރިކަން ފާޅުކޮށްފައެވެ. އަދި އެމީހުންވަނީ އެމެރިކާގެ ނަސްލީ ތަފާތުކުރުންތައް ގެންގުޅޭ ރިޔާސީ ކެންޑިޑޭޓު ޑޮނަލްޑް ޓްރަމްޕު މިހާދިސާގެ ޒިންމާ ނަގަން ޖެހޭނެ ކަމަށްވެސް އަޑުއުފުލާފައެވެ.

މިހާދިސާ ހިނގާފައިވާ ސަރަހައްދަކީ ބަންގްލަދޭޝްގެ މުސްލިމް ރައްޔިތުން ގިނަ ސަރަހައްދެކެވެ. ގާތިލު ފުލުހުންނަށް ހޯދިފައިނުވާތީ އެސަރަހައްދުގައި ދިރިއުޅޭ މުސްލިމުން ވަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ.