ސޯޝަލް މީޑިޔާ އެކްޓިވިސްޓް ލޫކަސް ޖަލީލުގެ ބަންދުގެ މުއްދަތު އަނެއްކާވެސް 15 ދުވަހަށް އިތުރުކޮށްފިއެވެ.
މިއީ ރައްޔިތުންނާ ފުލުހުންނާ ދެމެދު ނަފްރަތު އުފައްދާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ލޫކަސް ބަންދުގެ މުއްދަތު އިތުރުކުރި ދެވަނަ ފަހަރެވެ.
ލޫކަސް ހައްޔަރުކޮށްފައިވަނީ އެއްވެސް ގާނޫނީ ހަމައަކުން ނޫން ކަމަށް އޭނާގެ ސަޕޯޓަރުން އަންނަނީ ސޯޝަލް މީޑީޔާގައި އަޑުއުފުލައި މިނިވަން ކުރުމަށް ގޮވާލަމުންނެވެ.