Last Updated: July 28, 10:12
Tuesday, July 28, 2026
ޚަބަރު

"އަފްރާޝީމްގެ މަރާ ގުޅޭ ލިޔެކިއުންތައް ފުލުހަކު ނެތް"

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި ފުލުހުން ކުރާ ތަހުގީގުގެ ލިޔެކިއުންތައް ފުލުހުންގެ އިދާރާގައި ނެތް ކަމަށްވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރިޔާޒް ރަޝީދު ވިދާޅުވީ އަބްދުﷲ ރިޔާޒް ފުލުހުންގެ ވެރިޔަކަށް ހުންނަވައިގެން ހިންގެވި ތަހުގީގުތައް ފުރިހަމަކޮށްފައި ނުވާ ކަމަށާއި އަފްރާޝީމްގެ މަރުގެ ތަހުގީގުގެ "އެއްވެސް ލިޔެކިއުމެއް" ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް މަޖިލިހުގައި މިއަދު ދެއްކެވި ވާހަކައަކަށް ރައްދު ދެއްވައި ވާހަކަ ދައްކަވަމުން ރިޔާޒް ރަޝީދް ވިދާޅުވީ، އަބްދުﷲ ރިޔާޒް ހޯމް މިނިސްޓަރު ކަމަށް އައްޔަން ނުކުރަން ރައީސް ޔާމީން ނިންމެވީ ވެސް ނާގާބިލް ކަމުން ކަމަށެވެ.

މަޖިލީހުގެ މެންބަރަކު މިފަދަ މޭރުމަކުން ވާހަކަ ދެއްކެވި ނަމަވެސް ފުލުހުންގެ އެއްވެސް ތަހުގީގެއްގެ ލިޔެކިޔުންތައް ނައްތާލާފައި ނުވާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

"ފުލުހުން މިހާތަނަށް ނައްތާލާފައި ވާނީ ބަނގުރަލާއި މަސްތުވާތަކެތި. އެ ތަކެތި ނައްތާލާއިރު ނައްތާލާއިރު މީޑިއާ ވެސް ގެންގޮސްގެން ނައްތާލާނީ،" ފުލުހުންގެ މީޑިޔާ އޮފިޝަލް އާއި ހަވާލާދީ 'މިހާރު' ނޫހުން ރިޕޯޓް ކޮށްފައިވެއެވެ.