Last Updated: June 28, 12:01
Sunday, June 28, 2026
ޚަބަރު

ރާއްޖެ ޓީވީ ނޫސްވެރިޔަކަށް މަރުގެ އިންޒާރު ދީފި

ރާއްޖެ ޓީވީ ނޫސްވެރިޔާ އަހުމަދު އަޒްމޫން ވ) :ފޮޓޯ- ރާއްޖެ އެމްވީ

ރާއްޖެ ޓީވީ ނޫސްވެރިޔާ އަޒްމޫން އަހުމަދަށް ރޭގެ ވަގުތެއްގައި ބަޔަކު ވަޅިން ބިރުދައްކައި މަރުގެ އިންޒާރު ދީފިއެވެ.

އަޒްމޫން ބުނެފައިވަނީ އޭނާއަށް ސައިކަލަކުން އައި ދެ މީހަކު މަޑުކޮށް އިންޒާރު ދީފައިވަނީ ރޭ 9:30 އެކާކަށްހާއިރު ޕޮލިޓެކްނިކް ކައިރިން ކަމަށެވެ.

އިންޒާރު ދިން ދެ މީހުން ވަނީ، އަޒްމޫނު ބުނި ގޮތުގައި، ރައީސް ޔާމީނާއި ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދާ ބެހޭ އެއްވެސް ޚަބަރެއް މީގެ ފަހުން ގެނެސްދީގެން ނުވާނެކަމަށެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަފްރާޝީމް އަލީގެ މަރާ ގުޅޭ އެއްވެސް މައުލޫމާތެއްވެސް ގެނެސްގެން ނުވާނެ ކަމަށް ބުނިކަމަށް އަޒްމޫން މައުލޫމާތު ދިނެވެ.

އެއްވެސް އަނިޔާއެއް ކޮށްފައި ނުވާކަމަށާއި މިއީ ފަހުގެ އިންޒާރު ކަމަށް ބުނެފައި އެމީހުން ދިޔައީ ކަމަށް އަޒްމޫން ބުނެފައިވެއެވެ.

އަޒްމޫނަށް ބިރުދައްކާފައިވަނީ ކޮން ބައެއް ކަމަށް އަދި ނޭނގޭއިރު ރާއްޖެ ޓީވީގެ ނޫސްވެރިންނަށް މީގެ ކުރިންވެސް ތަފާތު ގޮތްގޮތަށް އިންޒާރު ދީ އަނިޔާވެސް ކޮށްފައިވެއެވެ.