އާސެނަލް އަށް ގެންނަން މަސައްކަތް ކުރި ލެސްޓާ ސިޓީގެ މިޑްފީލްޑަރ ރިޔާދް މަހުރޭޒް 4 އަހަރުވަންދެން ކުލަބުގައި މަޑުކުރުމަށް ކޮންޓްރެކްޓް އާކޮށްފިއެވެ.
ހަފްތާއަކު 100،000 ޕައުންޑު ލިބޭ ގޮތަށް ލެސްޓާ އިން މަހުރޭޒް އަށް އާ ކޮންޓްރެކްޓެއް ދީފައިވަނީ އާސެނަލްއިން އޭނާ ގަންނަން މަސައްކަތް ކޮށްފައިވަނިކޮށެވެ.
ލެސްޓާ މެނޭޖަރު ކްލައުޑިއޯ ރަނޭރީ ވަނީ މަހްރޭޒް ދޫކޮށްލަން ބޭނުން ނުވާ ކަމަށް ބުނެ، އޭނާ ނުވިއްކާނެ ކަމަށްވެސް އިންޓަވިއުއެއްގައި ބުނެފައެވެ.
މަހްރޭޒް، 25، ލެސްޓާގައި ކުރިން ހަދާފައިވާ ކޮންޓްރެކްޓުގައި ވަނީ 2019 ވަނަ އަހަރާ ހަމައަށް، ހަފްތާއަކު 30،000 ޕައުންޑު މުސާރައެއްގެ ގޮތުގައި ލިބޭގޮތަށް މަޑުކުރުމަށެވެ.
މިދިޔަ ސީޒަނުގައި ސީޒަނުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފައިވާ މަހްރޭޒް ވަނީ ލެސްޓާ ލީގު ކާމިޔާބުކުރުމުގައި ބޮޑު ރޯލެއް އަދާކޮށްފައެވެ.
ސީޒަނުގެ ފުރަތަމަ މެޗުގައި ލެސްޓާ 1-2 އިން ބަލިވި މެޗުގައި ލެސްޓާ އިން ޖެހި ހަމައެކަނި ގޯލު ޕެނަލްޓީ ސްޕޮޓުން ޖަހާފައިވެސް ވަނީ މަހުރޭޒެވެ.