Last Updated: May 17, 13:33
Friday, May 17, 2024
ޚަބަރު

އީސީސީގައި ހަދާ 100 އެނދުގެ ހޮސްޕިޓަލް ބިޑަށް

އައްޑޫ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގައި 100 އެނދުގެ ހޮސްޕިޓަލެއް ތަރައްގީ ކުރުމަށް ބިޑަށް ހުޅުވާލައިފި އެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ސައުދީ ފަންޑް ފޮ ޑިވެލޮޕްމަންޓް އަދި އޯޕެކް ފަންޑް ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން ދިވެހި ސަރުކާރަށް ލޯނު އެހީގެ ގޮތުގައި ލިބިފައިވާ ފައިސާއިން އީސީސީގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލް، ޑިޒައިން އެންޑް ބިލްޑް އުސޫލުން މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެ މަޝްރޫއަށް ކުރިމަތިލާން ޝައުގުވެރިވާ، ރާއްޖެ އާއި ރާއްޖޭން ބޭރުގެ ފަރާތްތަކަށް ވެސް ވަނީ ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

ބިޑް ސެކިޔުރިޓީގެ ގޮތުގައި 90,000.00 ޑޮލަރު ހުށަހަޅަން ޖެހެ އެވެ.

އެ ޕްރޮޖެކްޓުގެ ޕްރީބިޑް އަންނަ މަހު ފަސް ވަނަ ދުވަހު އޮންނާނެ އެވެ. ބީލަން ހުޅުވަން ނިންމާފައި ވަނީ އޮކްޓޫބަރު މަހު 13 ވަނަ ދުވަހު އެވެ.

އީސީސީ ހޮސްޕިޓަލަކަށް ބަދަލު ކުރަން ނިންމީ 100 އެނދުގެ ހޮސްޕިޓަލެއް އައްޑޫގައި އިމާރާތް ކުރަން ނިންމައި، ހޮސްޕިޓަލް ޑިޒައިން ވެސް ކޮށްފައި ވަނިކޮށެވެ.