އައްޑޫގެ ކުންފުނިތަކާއި، އޮފީސްތަކަށް ހުޅުވާލައިގެން ރެސްޕެކްޓް ކްލަބްގެ ފަރާތުން ބާއްވާ "އުރީދޫ ރެސްޕެކްޓް ފުޓްސަލް ޗެލެންޖް 2016 މާދަމާ ރޭ 8:30 ގައި މަރަދޫ ވެންބޮޅަފިށި ސްޓޭޑިއަމްގައި ފަށާ ގޮތަށް ނިންމައިފިއެވެ.
އުރީދޫން މެއިން ސްޕޮންސާކޮށް، އެސްޓިއޯ އަދި ގަމުގައި ހުންނަ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް އިން ކޯ ސްޕޮންސާ ކޮށްފައިވާ މި މުބާރާތުގައި ޖުމްލަ 14 ޓީމެއް ބައިވެރިވި ނަމަވެސް ގުރުލުމުގެ ރަސްމިއްޔާތަށް ފަހު ބޭންކް އޮފް މޯލްޑިވްސް ވަނީ މުބާރާތުން ވަކިވެފައެވެ.

މުބާރާތް ފައްޓާނީ ޝަންގްރިއްލާ އާއި ސިލްވާ ސޭންޑްއެވެ. ކޮންމެ ރެއަކު 3 މެޗް ކުޅޭ އިރު މުބާރާތުގައި ބައިވެރިވި ޓީމްތައް ވަނީ 4 ގްރޫޕަކަށް ބަހާލާފައެވެ. މުބާރާތުގެ ފައިނަލް މެޗް އޮންނާނީ 31 އޮގަސްޓް ވާ ބުރާސްފަތި ދުވަހުގެ ރޭއެވެ.
މި މުބާރާތުގެ މީޑިއާ ޕާޓްނާއަކީ "އައްޑޫލައިވް"އެވެ.