މަޝްހޫރު ބައިނަލްއަޤުވާމީ ނޫސް އޭޖެންސީ 'އަލް ޖަޒީރާ' އިން ދިވެހި ސަރުކާރުގެ ކޮރަޕްޝަނުގެ މައްސަލަތަކާއި ގުޅޭ ގޮތުން ތައްޔާރު ކުރި ޑޮކިއުމެންޓަރީ، 'ސްޓީލިންގ ޕެރެޑައިސް' އިފްތިތާހު ކުރުމުގެ ހަފްލާއަށް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދައުވަތު އަރުވައިފިއެވެ.
Al-Jazeera in vanee Dhivehiraajje aai RYameen ai behey documentary 'Stealing Paradise' ge ifthithahee hafla ah alhugadah dhauvath dheefa.
— Mohamed Nasheed (@MohamedNasheed) August 20, 2016
ލަންޑަނުގައި ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ހުންނެވި ނަޝީދު މިއަދު ޓްވިޓާ މެދުވެރިކޮށް ކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އަލް ޖަޒީރާއިން ދިވެހި ރާއްޖެއާއި ރައީސް ޔާމީނާ ބެހޭ ޑޮކިއުމެންޓަރީ 'ސްޓީލިންގ ޕެރެޑައިސް' ގެ އިފްތިތާހީ ހަފްލާއަށް އެމަނިކުފާނަށް ދައުވަތު އަރުވާފައިވާކަމަށެވެ.

މިމަހުގެ 30 ވަނަ ދުވަހު ރިލީސް ކުރާ މިޑޮކިއުމެންޓަރީގައި ދައްކުވާދޭނީ ވައްކަމާއި ކޮރަޕްޝަނުގެ އަމަލުތައް ހިންގަވާފައިވާ ކަމާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައިވާކަމާއި މީގެ ހެކިތައްކަން 'އަލް ޖަޒީރާ' އިން އާންމުކޮށްފައިވާ ޕޯސްޓަރެއްގައިވެއެވެ.
އަދި ގައުމެއް ހައިޖެކްކޮށް ރައީސްއެއް އެތައް މިލިއަން ޑޮލަރެއް ވަގަށް ނެގި ގޮތުގެ ހެކިތައް އެ ޑޮކިއުމެންޓްރީގައި ހާމަކުރާނެ ކަމަށް ބުނެފައި ވެއެވެ.