ގާނޫނީ ވަކީލު އަހުމަދު ނަޖީބު މަރާލި މައްސަލައިގެ ކުށް ސާބިތުވެ، މަރަށް ހުކުމް ކުރެވިފައިވާ އަހުމަދު މުއްރަތު މިއަދުގެ ވަގުތެއްގައި މާފުށީ ޖަލުގައި ދަންޖެހިގެން މަރުވުމަށް މަސައްކަތްކޮށްފިއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާގޮތުން މުއްރަތު ދަންޖެހިގެން މަރުވުމަށް މަސައްކަތް ކުރިނަމަވެސް އޭނާ ވަނީ މަރު ނުވަނީސް ސަލާމަތްކުރެވިފައެވެ.
އަދި މިހާރު އޭނާއަށް ޖަލުގައި ފަރުވާދެވި، ހާލު ރަނގަޅު ވަމުން އަންނަ ކަމުގެ މައުލޫމާތުވެސް 'އައްޑޫލައިވް' އަށް ވަނީ އިތުބާރުހުރި ފަރާތަކުން ލިބިފައެވެ.
މުއްރަތު ދަންޖެހުމަށް މަސައްކަތް ކުރިކަން ކަރެކްޝަނަލް ސާވިސްގެ ބޭފުޅަކު ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ރަސްމީ ބަހެއް ކަރެކްޝަނަލް ސާވިސްގެ ފަރާތަކުން އަދި ލިބޭ ގޮތެއް ވަނީ ނުވެފައެވެ.