Last Updated: June 28, 12:01
Sunday, June 28, 2026
ޚަބަރު

އެކްސިޑެންޓެއް ހިނގައި ޒުވާނަކު ސީރިއަސް ހާލަތުގައި

މަރަދޫގައި ރޭ ހިނގި އެކްސިޑެންޓު؛ ފޮޓޯ - ކިޔުންތެރިޔެއް

އައްޑޫ ސިޓީގެ މަރަދޫ ބޮޑު މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ 10:30 ހާއިރު އެކްސިޑެންޑު ހިނގާފައިވަނީ މަރަދޫ އަދި މަރަދޫފޭދޫ ގުޅޭ ހިސާބު މަރަދޫފޭދޫ ބޮޑުމަގުގައެވެ.

އެކްސިޑެންޓުގައި ދެ ސައިކަލުގައި ދިޔަ ހަތަރު މީހަކަށް އަނިޔާވެފައިވާ އިރު ސީރިއަސް އަނިޔާތަކެއް ލިބުނު އެކަކު ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެނެސް އައިސީޔޫގައި ފަރުވާ ދޭން ފަށާފައެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އިސް އޮފިޝަލަކު ވިދާޅުވީ އެކްސިޑެންޓްގައި އަނިޔާ ލިބުނު ހަތަރު މީހުން ވެސް ހޮސްޕިޓަލަށް ގެނެސް ފަރުވާ ދޭން ފަށާފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން އެކަކުގެ ހާލު ސީރިއަސްކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި އޭގެ ތެރެއިން ދެ މީހަކު ސްޓޭބަލް ކަމަށެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އައިސީޔޫގައި ފަރުވާ ދެމުން ދަނީ ދ. ކުޑަހުވަދޫއަށް ނިސްބަތްވާ 19 އަހަރުގެ ޒުވާނެކެވެ.

އޭނާގެ ބޯފަޅައިގެން ގޮސްފައިވާ އިރު ހާލު ވަރަށް ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.

"ދެންމެގައި 4 ވަނ މީހާ އެ ގެނައީ، އެހެންވެ އޭނާގެ ވެސް މާ ބޮޑު ތަފްސީލެއް އަދި ނުލިބޭ، އޮބްޒަވޭޝަން ކުރިއަށްދާތީ" އޮފިޝަލް ވިދާޅުވިއެވެ.

މިހާދިސާ އާއި ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދިވަނީ ލިބޭ ގޮތް ނުވެފައެވެ.