Last Updated: June 28, 11:05
Sunday, June 28, 2026
ކުޅިވަރު

ލަލީގާ: މެސީ އާއި ސުއަރޭޒް ރިއަލް ބެޓިސް ލަދުގަންނަވާލައިފި

ސްޕެނިޝް ލަލީގާގެ މިސީޒަނުގެ ފުރަތަމަ މެޗުގައި ބާސެލޯނާ އަދި ރިއަލް ބެޓިސް ބައްދަލުކުރި މެޗު ފަސޭހަކަމާއެކު 2-6 އިން ބާސާ މެޗު ކާމިޔާބުކޮށްފިއެވެ.

މެޗުގެ ފުރަތަމަ ގޯލު 6 ވަނަ މިނެޓުގައި ޖަހާފައިވަނީ ޓުރާންއެވެ. ބާސާގެ ލީޑަށްފަހު 21 ވަނަ މިނެޓުގައި ބެޓިސް އިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ.

ނަމަވެސް 37 ވަނަ މިނެޓުގައި ލިއޯ މެސީ ވަނީ ބާސާއަށް ދެވަނަ ފަހަރަށް ލީޑު ނަގާދީފައެވެ. ފަސް މިނެޓުފަހުން ސުއަރޭޒް ވަނީ 1-3 އަށް ލީޑު ފުޅާކޮށްފައެވެ.

ދެވަނަ ހާފު ފެށިގެން 10 މިނެޓު ތެރޭގައި ސުއަރޭޒް ވަނީ އޭނާގެ ދެވަނަ ގޯލު ކާމިޔާބުކޮށްފައެވެ. ދެ މިނެޓު ފަހުން މެސީ ވަނީ އޭނާގެ ދެވަނަ ގޯލާއެކު މެޗުގެ ލީޑު ތިން ގޯލަށް ފުޅާކޮށްފައެވެ.

މެޗު ނިމެން ކައިރިވެފައިވަނިކޮށް ބާސާގެ ފަހު ގޯލު ޖަހާފައިވަނީ ސީޒަނުގެ ފުރަތަމަ ހެޓްރިކާއެކު މިދިޔަ ސީޒަނުގެ ރަން ބޫޓު ހާސިލުކުރި ލުއިސް ސުއަރޭޒްއެވެ.

މެޗުގެ ފަހު ގޯލު 84 ވަނަ މިނެޓުގައި ޖަހާފައިވަނީ ބެޓިސް ގެ ރުބެން ކާސްޓްރޯއެވެ. ރޭގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ވިލަރެއަލް އާއި ގްރެނާޑާ ކުޅުނު މެޗު ވަނީ 1-1 އިން އެއްވަރުވެފައެވެ. ސެވީއާ ވަނީ 4-6 އިން އެސްޕަނިޔޯލްގެ މައްޗަށް ކުރިހޯދާފައެވެ. ރޭގައި ކުޅެވުނު މެޗުތަކުގައި ވަނީ ޖުމުލަ 25 ގޯލު ފެނިގެން ގޮސްފައެވެ.