އެފްސީ ރެސްޕެކްޓްއިން މިހާރު މަރަދޫ ވެންބޮޅަފިށި ސްޓޭޑިއަމްގައި ކުރިއަށް ގެންދާ "އުރީދޫ ރެސްޕެކްޓް ފުޓްސަލް ޗެލެންޖް" ގައި ރޭ ކުޅުނު ފުރަތަމަ މެޗް ޕޮލިސް (ޕޮލީޒިއާ) އާއި އިމިގްރޭޝަން އެއްވަރުވެ ދެވަނަ މެޗް ޓީމް ފެނަކަ މޮޅުވެއްޖެއެވެ.
ޕޮލީޒިއާ އާއި ކްލަބް އިމިގްރޭޝަން ބައްދަލުކުރި މެޗް ނިމުނީ 5-5 ލަނޑުން އެއްވަރުވެގެންނެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލީޒިއާގެ ކެޕްޓަން އަލީ ރިޝްވާން އަހްމަދުއެވެ.
ރޭގެ ދެވަނަ މެޗްގައި އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (ޓްރިޕްލް އޭ) އާއި ޓީމް ފެނަކަ ބައްދަލު ކުރި މެޗް 4-1 ލަނޑުން ކާމިޔާބް ކުރީ ޓީމް ފެނަކައެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފެނަކަ ޓީމްގެ އަބްދުﷲ ރިޒްވީންއެވެ.
ރޭ ކުޅެން ހަމަޖެހިފައި އޮތް ގްރޫޕް ސީގެ ބީއެމްއެލް އަދި މޯލްޑިވިއަން މެޗް ވަނީ ބީއެމްއެލް މުބާރާތުން ވަކުވުމާއި ގުޅިގެން ކެންސަލް ކޮށްފައެވެ.
މުބާރާތުގައި މިރޭ 3 މެޗް ކުޅޭނެއެވެ.
20:30 ގައި ބައްދަލު ކުރާނީ ޝަންގްރިއްލާ ޔުނައިޓެޑް އަދި ކަސްޓަމްސް ރިކްރިއޭޝަންއެވެ.
21:45 ގައި ބައްދަލު ކުރާނީ ސިލްވާ ސޭންޑް އަދި ސަދަން ޓްރާންސްޕޯޓް ލިންކްއެވެ.
23:00 ގައި ބައްދަލުކުރާނީ އެއާޕޯޓްސް ރިކްރިއޭޝަން އާއި އެފްސީ ޕޮލީޒިއާއެވެ.