Last Updated: June 27, 02:30
Friday, June 26, 2026
ޚަބަރު

މަހްލޫފްގެ އިސްތިއުނާފް މައްސަލަ ބަލައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފްގެ މައްޗަށް އިއްވާފައިވާ 10 މަސް ދުވަހުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ބަލައިގެންފިއެވެ.

މަހްލޫފްގެ ވަކީލް ނާޒިމް ސައްތާރުވަނީ މައްސަލަ ހައިކޯޓުން ބަލައިގެންކަން ހާމަ ކޮށްފައެވެ.

ހައިކޯޓުން މަހްލޫފްގެ އިސްތިއުނާފް މައްސަލަ ބަލައިގެންފައިވާ އިރު މަހްލޫފް ޖަލަށްލި މައްސަލަ އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށް ވެސް ވަނީ މިހާރު ހުށަހަޅާފައެވެ.

މަހްލޫފް 10 މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ ފުލުހުންނަށް ހުރަސް އެޅި ކަމަށް ބުނެ އޭނާގެ މައްޗަށް ކުރި ދެ ދައުވާއެއް ސާބިތުވުމުންނެވެ. ފުރަތަމަ މައްސަލާގައި ހަތަރު މަހާއި 24 ދުވަހު ހުކުމެއް އިއްވިއިރު ދެވަނަ މައްސަލާގައި އިއްވީ ހަ މަހުގެ ޖަލު ހުކުމެކެވެ.

މަހްލޫފް އަކީ ރައީސް ޔާމީންގެ ސަރުކާރަށް އެންމެ ބޮޑަށް ފާޑު ކިޔަމުންދާ އެއްފަރާތެވެ.