Last Updated: April 30, 11:48
Tuesday, April 30, 2024
ޚަބަރު

އެ އުޅެނީ އީސީސީ ހަލާކުކޮށްލަން: ރޮޒޭ

އެއްޗެކޭ ކިޔާފައި އީސީސީގެ ބޭނުން ދުވަހަކުވެސް ދެން ނުހިފޭ ގޮތަށް ހަލާކުކޮށްލަން އުޅޭކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް (ރޮޒޭ) ވިދާޅުވެއްޖެ އެވެ.

އައްޑޫ 100 އެނދުގެ ހޮސްޕިޓަލް އީސީސީގައި އަޅަން ފެނޭތޯ އައްޑޫލައިވް އިން ކުރި "އެއްކެމި ސުވާލަށް" ޖަވާބު ދެއްވަމުން ރޮޒޭ ވިދާޅުވީ ރައްޔިތުންނަށް ފެންނަ އެއްވެސް ކަމެއް މި ސަރުކާރަށް ނުފެންނަ ކަމަށެވެ.

ކޮންވެންޝަން ހޮޓަލަކާއި އެކު ތަރައްޤީ ކުރުމަށް އެމްޑީޕީ ސަރުކާރުން ހިތަދޫގައި އެޅި ކޮންވެންޝަން ސެންޓަރު ވީރާނާވާން ދޫކޮށްލާފައިވާތާ 4 އަހަރުވެފައިވާ އިރު މިތަނުގައި އައްޑޫގައި އަޅަން ސަރުކާރުން ކުރިން ކިޔަމުން އައި 100 އެނދުގެ ހޮސްޕިޓަލް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ނަމަވެސް ކޮންވެންޝަން ސެންޓަރު އިމާރާތަކީ، ހޮސްޕިޓަލަކަށް އެކަށީގެންވާ ގޮތަށް ބިނާ ކޮށްފައިވާ އިމާރާތެއް ނޫންކަމަށް އައްޑޫގެ ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ehkemi

"އައްޑޫލައިވް"އިން ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރިއަށް ގެންދާ "އެއްކެމި ސުވާލަ" ކެމްޕެއިންގައި އީސީސީގައި ހޮސްޕިޓަލް ހަދަން ނުފެންނަ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ނަމަވެސް މިކަމަކަށް ސަރުކާރުގެ ސަމާލުކަމެއް ނުފެނެއެވެ.