Last Updated: July 22, 14:09
Wednesday, July 22, 2026
ޚަބަރު

ރާއްޖެ ޓީވީގެ ދެ ކެމެރާމަނަކު ހައްޔަރުކޮށްފި

އިސްލާމީ މަރުކަޒު ކުރިމަތީގައި ދުޢާ ކުރުމަށް މީހުން އެއްވެފައި. ފޮޓޯ/ އައްޑޫލައިވް

އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ކޮންމެ ހަފްތާއެެއްގެ ހުކުރު ދުވަހު އިސްލާމީ މަރުކަޒު ސަރަހައްދުގައި ކުރާ ދުޢާ ވީޑިއޯ ކުރަން އުޅުނު ރާއްޖެ ޓީވީގެ ދެ ކެމެރާމަނަކު ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފިއެވެ.

ރާއްޖެ ޓީވީން ބުނީ އެ ސްޓޭޝަންގެ ކެމެރާމަން އަހްމަދު ސާޖިދް އާއި އަހްމަދު ނަދީމް ހައްޔަރުކޮށްފައިވާ ކަމަށެވެ.

ރާއްޖެ ޓީވީގެ ކެމެރާމަނުން ހައްޔަރުކުރީ ވީޑިއޯ ނުކުރުމަށް ފުލުހުން އެންގުމަށްފަހު ކަމަށެވެ.

އެހެންދުވަސްތަކާއި ހިލާފަށް މިއަދު ދުއާ ކުރާ މީހުންނަށް ފުލުހުން ހުރަސް އަޅަން މަސައްކަތް ކޮށްފައި ނުވެއެވެ.

އަނިޔާވެރިކަން ނިންމުމަކަށް ގެނައުމަށް ކުރާ ދުއާ، ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މިސްކިތްތަކުގައި މިހާރު ދަނީ ކުރަމުންނެވެ.