Last Updated: May 4, 17:18
Saturday, May 4, 2024
ސިޔާސީ

ބޮލުގައި ބަޑި ޖެއްސިޔަސް ރައީސް އިސްތިއުފާ ނުދެއްވާނެ: ޝާހު

ފުވައްމުލަކު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އަލީ ޝާހު

ރައީސް އަބްދުﷲ ޔާމީންގެ ބޮލުގައި ބަޑި ޖައްސާފައި ބަޑި ޖެހިޔަސް އެމަނިކުފާނު ރައީސް ކަމުން އިސްތިއުފާ ނުދެއްވާނެ ކަމަށް ފުވައްމުލަކު އުުތުރު ދާއިރާގެ މަޖިލިސް މެންބަރު އަލީ ޝާހު ވިދާޅުވެއްޖެ އެވެ.

އަލީ ޝާހު މިގޮތަށް ވިދާޅުވެފައި ވަނީ މިރޭ ފުވައްމުލަކުގައި ޕީޕީއެމްގެ ފަރާތުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރާއްޖޭގެ ސަރުކާރު ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ބަދަލުކޮށްލަން ރާވާފައިވާކަމަށް ބީބީސީން ދާދި ފަހުން ވަނީ ރިޕޯޓް ކޮށްފައެވެ.

އެ ރިޕޯޓަށް ފަހު ސަރުކާރުގެ ވަޒީރުންނާއި ބައެއް މަޖިލިސް މެންބަރުން ގެންދަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވައްޓާ ނުލެވޭނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކަށް ވަރުގަދައަށް ރައްދު ދެމުންނެވެ.