Last Updated: May 19, 11:56
Sunday, May 19, 2024
ޚަބަރު

ރެސްޕެކްޓް މުބާރާތް ފޭދޫ ފުޓްސަލް ދަނޑަށް

ވެންބޮޅަފިށި ސްޓޭޑިއަމްގައި ގޯދިއްޔާއިން ހަދާފައިވާ ފެންސް ރޫޅާލަނީ: ފޮޓޯ: ފާރިޝް ގައްޔޫމް

މަރަދޫ ގޯދިއްޔާ ޖަމިއްޔާގެ އިސް ފަރާތްތަކާއި އެކު މަޝްވަރާ ކުރުމަށްފަހު، އެފްސީ ރެސްޕެކްޓްގެ ފަރާތުން މަރަދޫ ވެންބޮޅަފިށި ސްޓޭޑިއަމްގައި ފެށި "އުރީދޫ ރެސްޕެކްޓް ފުޓްސަލް ޗެލެންޖް" މުބާރާތުގެ ގްރޫޕް ސްޓޭޖް މެޗް ނިމުނު ތަނާހެން، ގޯދިއްޔާއިން ދަނޑުގައި ގާއިމްކޮށްފައިވާ ސެޓަޕް ރޫޅާލައިފި އެވެ.

ރެސްޕެކްޓް ޖަމިއްޔާއިން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މުބާރާތުގައި ކްލަބް އިމިގްރޭޝަން ޓީމް ކެޓުމުން، އެ ޓީމްގައި ހިމެނޭ ގޯދިއްޔާގެ ޖެނެރަލް ސެކްރެޓަރީގެ ފަރާތުން އިންޒާރުތަކެއް ލިބުމަށްފަހު، 25 އޮގަސްޓް 2016ވީ ބުރާސްފަތި ދުވަހު، ދަނޑުގެ އައުޓްލައިން ފާހަނގަ ކުރުމަށް ހަރުކޮށްފައި ހުރި ނަނުތައް ނަގައި ލައިޓްތަކުގެ ކަނެކްޝަން ކަނޑާލާފައިވާ ކަމަށެވެ.

ނަަމަވެސް އެކަން ރަނގަޅުކޮށް އެރޭ ކުޅެން ހަމަޖެހިފައިވާ ގްރޫޕް ސްޓޭޖްގެ ފަހު މެޗްތައް ކުޅެ ނިންމާފައިވަނިކޮށް، 26 ވަނަ ދުވަހު ސިޓީ އަކުން ދަނޑުގައި ހުރި ގޯދިއްޔާގެ ސެޓަޕް ނަގާނެ ކަމަށް އަންގައި ހުކުރު ދުވަހު ހަވީރު ގޯދިއްޔާގެ ސެކްރެޓަރީ އާއި އިތުރު ބަޔަކު ގޮސް ދަނޑުގެ ލައިޓްތައް ނަގައި ސެޓަޕް ރޫޅާލުމާއި ގުޅިގެން މުބާރާތުގެ ކްއާޓަރ ފައިނަލަށް ދަތުރުކުރި ޓީމްތަކާއި މަޝްވަރާ ކުރުމަށްފަހު ކުރިއަށް ހުރި މެޗްތައް ފޭދޫ ފުޓްސަލް ދަނޑަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ރެސްޕެކްޓްގެ ނޫސް ބަޔާނުގައި ބުނެފައިވަނީ، ގޯދިއްޔާއަށް ކުރިއަށް އޮތް ތަނުގައި އެއްބާރުލުމެއް ނުދޭނެކަމަށާއި، އެ ޖަމިއްޔާގެ އެއްވެސް ހަރަކާތެއްގައި އެފްސީ ރެސްޕެކްޓްއިން ބައިވެރި ނުވާނެކަމަށެވެ.
setup

މުބާރާތުގެ ގްރޫޕް ސްޓޭޖް ނިމުނު އިރު ކުއަޓަރ ފައިނަލަށް ދަތުރުކޮށްފައިވަނީ

ގްރޫޕް އޭ: ސަދަން ޓްރާންސްޕޯޓް ލިންކް
ކަސްޓަމްސް ރިކްރިއޭޝަން ކްލަބް

ގްރޫޕް ބީ އޭއައިއޭ ރިކްރިއޭޝަން ކްލަބް
ހިތަދޫ ޕޯޓްސް ލިމިޓެޑް

ގްރޫޕް ސީ މޯލްޑިވިއަން
އެފްސީ ހެލްތު

ގްރޫޕް ޑީ ޓީމް ފެނަކަ
އެފްސީ ޓްރިޕްލް އޭ