ސ. މީދޫގެ "ނައުޒާނާ ފްރެޝް" ފިހާރަ އިން ތަރުކާރީ އާއި މޭވާގެ ބާވަތްތައް އިންޑިއާ އިމްޕޯޓްކޮށްގެން ވިއްކަން ފަށައިފި އެވެ.
ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން އަންނަ ހުޅުމީދޫގެ "ނައުޒާނާ" ވާހަކަ ދެއްކި އަހުމަދު ރަޝީދު ބުނީ ހަފްތާއަކު ދެ ފަހަރު އިންޑިއާ އިން ތަރުކާރީ އާއި މޭވާގެ ބާވަތްތައް ގެެނެސް ގެން އެ ފިހާރަ އިން ވިއްކަމުން އަންނަ ކަމަށެވެ.
ރަޝީދު އަދި ބުނީ ރާއްޖޭގެ ބޮޑު ވިޔަފާރި ކުންފުންޏެެއް ކަމަށްވާ ގްލޯބަލް ލިންކުން އެތެރެކޮށް މާކެޓް ކުރާ ގިނަ ބާވަތްތަކުގެ މުދާ ވެސް ހުޅުޅުމީދޫގެ ރަށްޔިތުންނަށް ފައިސޭހަ އިން ލިބޭނެ ގޮތް ހެދުމުގެ ގޮތުން ގްލޯބަލް ލިންކުން މާކެޓް ކުރާ ތަފާތު ގިނަ ބާތްތައް ވެސް "ނައުޒާނާ" ފިހާރައިން މިހާރު ލިބެން ހުންނާނެ ކަމަށެވެ.
ނައުޒާނާ ފްރެޝްއަކީ އަގުހެޔޮކޮށް ގިނަ ބާވަތްތަކުގެ މުދާ ލިބެން ހުންނަ ފިހާރައެކެވެ.