Last Updated: June 27, 02:30
Friday, June 26, 2026
ކުޅިވަރު

ބަކާ އާއި ނައްޓޭ ބާކީކޮށް ގައުމީ ޓީމް ސްކޮޑް އިއުލާންކޮށްފި

ޕްރެޒިޑެންޓްސް ކަޕްގައި އީގަލްސް އާއި މާޒިޔާ ކުޅުނު މެޗްގެ ތެރެއިން. އައްޑޫލައިވް ފޮޓޯ: ޝަރަފް

ގައުމީ ޓީމްގެ ހަލުވި ފޯވާޑް އަހްމަދު ނާޝިދު (ނައްޓޭ) އާއި ތަޖުރިބާކާރު މިޑްފީލްޑަރ މުހައްމަދު އާރިފް (ބަކާ) ބާކީކޮށް ގައުމީ ޓީމްގެ ސްކޮޑް މިއަދު އިއްލާންކޮށްފިއެވެ.

ނައްޓޭ އާއި ބަކާ ބާކީ ކޮށް ސްކޮޑް އިއްލާންކޮށްފައިވާ އިރު މިއަދު ހަވީރު ގައުމީ ޓީމް ޕްރެކްޓިސް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ގައުމީ ޓީމްގެ އާ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް މިއަދު އެކުލަވާލި ޓީމަކީ އަންނަ ހޯމަ ދުވަހު ކުޅޭ، 2008 ވަނަ އަހަރު ރަންމެޑަލް ހޯދި ޓީމާއި އެކު ކުޅޭ މެޗާއި، އަދި އަންނަ މަހުގެ 1 ވަނަ ދުވަހު ބަންގްލަދޭޝްއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗާއި އޭޝިއަން ކަޕް ކޮލިފައިންގައި އަންނަ މަހުގެ 7 ވަނަ ދުވަހު ލާއޮސްއާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ސްކޮޑެކެވެ.

ނައްޓޭއަށް ފުރުސަތު ނުލިބުނު އިރު މިފަހުން ގައުމީ ޓީމަށް މުހިއްމު ލަނޑުތައް ޖަހާދީފައިވަނީ ނައްޓޭއެވެ. އަދި މާޒިޔާގައިވެސް ނައްޓެ ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.