Last Updated: June 26, 20:28
Friday, June 26, 2026
ކުޅިވަރު

ކަސްޓަމާއި ސަދަން ޓްރާންސްޕޯޓް ލިންކް ސެމީ އަށް

އުރީދޫ ރެސްޕެކްޓް ފުޓްސަލް ޗެލެންޖްގެ ސެމީއަށް، ކަސްޓަމްސް ރިކްރިއޭޝަން ކްލަބް އާއި ޓްރާންސްޕޯޓް ލިންކުން ދަތުރުކޮށްފިއެވެ.

މުބާރާތް ބާއްވަމުން އައި، ވެންބޮޅަފިށި ސްޓޭޑިއަމްގެ ސެޓަޕް ގޯދިއްޔާއިން ނެގުމާއި ގުޅިގެން މުބާރާތުގެ ކުއާޓާރ ފައިނަލުން ފެށިގެން ހުރި މެޗްތައް ފޭދޫ ފުޓްސަލް އެރީނާއަށް ބަދަލުކޮށް ކުޅުނު ފުރަތަމަ މެޗް ސަދަން ޓްރާންސްޕޯޓް ލިންކް ކާމިޔާބް ކުރީ އެފްސީ ހެލްތު އާއި ބައްދަލުކޮށް 10-4 ލަނޑުންނެވެ. މެޗްގެ މޮޅު ކުޅުންތެރިއަކީ ސަދަން ޓްރާންސްޕޯޓް ލިންކުގެ ހުޒެއިފަތު ރަޝީދުއެވެ.

ރޭ ކުޅުނު ކުއާޓަރ ފައިނަލްގެ ދެވަނަ މެޗްގައި މޯލްޑިވިއަން އަދި ކަސްޓަމްސް ރިކްރިއޭޝަން ކްލަބް ވާދަކުރި މެޗް 7-8 ލަނޑުން މޮޅުވީ ކަސްޓަމްސްއެވެ. މެޗްގެ މޮޅު ކުޅުންތެރިއަކީ ކަސްޓަމްސްގެ މިފްޒާލް ލަޠީފްއެވެ.

މިރޭ މުބާރާތުގެ ކުއާޓާރ ދެމެޗް ކުޅޭނެއެވެ. ފުރަތަމަ މެޗްގައި ޓީމް ފެނަކަ އާއި ބައްދަލު ކުރާނީ އެޗްޕީއެލްއެވެ. ކުއާޓަރގެ ފަހު މެޗްގައި އެފްސީ ޓްރިޕްލް އޭ އާއި ބައްދަލު ކުރާނީ އެއާޕޯޓްސް ރިކްރިއޭޝަން ކްލަބްއެވެ.