Last Updated: May 17, 13:33
Friday, May 17, 2024
ރިޕޯޓް

މިއޮތީ ހޮސްޕިޓަލަށް ދިން ބިމުގެ ރަޖިސްޓްރީ!

އައްޑޫ 100 އެނދުގެ ހޮސްޕިޓަލް އަޅަން ކަނޑައަޅާފައިވާ ބިމުގައި އެތަން އިމާރާތް ނުކޮށް އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ހޮސްޕިޓަލަކަށް ބަދަލު ކުރަން ސަރުކާރުން ނިންމާފައިވާތީ އުފެދިފައިވާ ކަންބޮޑުވުންތަކާ އެކު ހޮސްޕިޓަލް ހަދަން ކަނޑައެޅި ބިމުގެ ޗާޓާ އެކު ރަޖިސްޓްރޭޝަންގެ ކޮޕީއެއް އައްޑޫ ސިޓީ ކައުންސިލުން ހާމަކޮށްފި އެވެ.

ކައުންސިލުން ހާމަ ކުރި ރަޖިސްޓްރޭޝަން ކޮޕީގައިވާ ގޮތުން ހޮސްޕިޓަލް އަޅަން ނިން ރަޖިސްޓްރީކޮށްފައި ވަނީ އޮކްޓޯބަރު 11، 2010 ގަ އެވެ. އެއީ 202،500 އަކަފޫޓެވެ.

މި ބިމަކީ އީސީސީ ވެސް ހުރި މާމެންދޫ ސަރަހައްދުން ދީފައިވާ ބިމެކެވެ. މި ބިމުގައި ހޮސްޕިޓަލް އަޅަން ޑިޒައިންކޮށް، ބިން ސާފު ކުރުމުގެ މަސައްކަތް ވެސް 2014 ގައި ފެށި އެވެ.

އެކަމަކު ސަރުކާރުން މިހާރު ނިންމާފައި ވަނީ އާ ހޮސްޕިޓަލް އިމާރާތް ނުކޮށް، އީސީސީ ހޮސްޕިޓަލަކަށް ބަދަލު ކުރާށެވެ. މިކަމާ ގުޅިގެން ވަރަށް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ހޮސްޕިޓަލް އަޅަން ކަނޑައެޅި ބިމުގައި އެތަން އިމާރާތް ކުރަން ކައުންސިލުން ގޮވާލަމުން އަންނަ އިރު، މީގެ ކުރިން ކައުންސިލުން ވަނީ ހޮސްޕިޓަލް އަޅާނެ ބިމަކާ ދޭތެރޭ ހިޔާލު ތަފާތުވެފަ އެވެ.

އެގޮތުން ކައުންސިލުން ބުނެފައި ވަނީ އާ ހޮސްޕިޓަލް އަޅަން އެންމެ ރަނގަޅީ ހިތަދޫގައި ކުރިން ހުރި ޕޮލިސް ޓްރޭނިން ސްކޫލް ހުރި ތަނުގައި ކަމަށެވެ. ޓްރޭނިން ސްކޫލް 2012 ގައި ވަނީ އަންދާލައިފަ އެވެ.