Last Updated: May 19, 09:39
Sunday, May 19, 2024
ޚަބަރު

އައްޑޫގެ ޒަމާނީ ޖިމަށް ތަކެތި ހޯދަން ބިޑަށް

ހިތަދޫ އާއި ގަމުގައި ރަނގަޅު ފެންވަރުގެ ޖިމެއް ގާއިމް ކުރުމަށް ބޭނުންވާ ސާމާން ހޯދުމަށް ބިޑަށް ހުޅުވާލާފައިވާ ކަމަށް ޔޫތު މިނިސްޓްރީން ބުނެފިއެވެ.

ޖުލައި 26 ވަނަ ދުވަހު ޔޫތު މިނިސްޓްރީގެ ޕާމެނަންޓް ސެކްރެޓަރީ އަލީ ޒަކީ "އައްޑޫލައިވް"އަށް ދެއްވި އިންޓަވިއު އާއި ގުޅިގެން ޖިމްގެ ކަންކަން ކުރިއަށްދާ ގޮތް އޮޅުފިލުވުމަށް މިއަދު އަލުން ގުޅުމުން އަލީ ޒަކީ ވިދާޅުވީ ޖިމަށް ބޭނުންވާ ތަކެތި ހޯދުމަށް ބިޑަށް ހުޅުވާލާފައިވާ ކަމަށެވެ.

"މިހާރު ބިޑަށް ހުޅުވާލާފައިވާނީ، ދެން ތަކެތި ލިބުމާއި އެކު ފަށަންވީ، އެމަސައްކަތް ކުރިއަށް ދަނީ،" އޭނާ ވިދާޅުވި އެވެ.

ހިތަދޫ ޒުވާނުންގެ މަރުކަޒުގައި ކުރިން ބޭނުން ކުރަމުން ގެންދިޔަ ޖިމް ހުއްޓާލުމާއި ގުޅިގެން އެތަން ބޭނުން ކުރަމުން ދިޔަ ޒުވާނުން ދަނީ ޖިމެއް ނެތުމުގެ ޝަކުވާ ކުރަމުންވެ.