Last Updated: March 29, 17:30
Friday, March 29, 2024
ސިޔާސީ

"ރައްޔިތުންގެ އެކައުންޓްތަކުގައި ހުރި ފައިސާ ބޭނުން ކުރީ ކުރީގެ ސަރުކާރުން"

އަތޮޅު އެކައުންޓްތަކާއި ރަށު އެކައުންޓްތަކުގައި ހުރި ފައިސާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ގައުމީ އިދާރަތަކަށާއި އެތަންތަނުގެ މުވައްޒަފުންގެ ޚަރަދަށް ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި
އެވެ.

ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްބާސް އާދިލް ރިޒާ (ފޮޓޯގައި) ވިދާޅުވީ އަތޮޅުތަކާއި ރަށްރަށުގެ ރައްޔިތުންގެ އެކައުންޓްތަކުގައި ހުރި ރައްޔިތުންގެ ފައިސާ ބޭނުން ކުރީ ކުރީގެ ސަރުކާރުން ކަމަށެވެ.

އޭނާ ވިދާޅުވީ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެރިކަމާ ހަވާލުވި އިރު ވެސް އެ ފައިސާ ނެތް ކަމަށެވެ. އަދި އެ ފައިސާ ކުރީގެ ސަރުކާރުން ބޭނުންކޮށްފައި ވަނީ ގައުމީ އިދާރާތަކަށާއި އެ ތަންތަނުގައި ތިބި ސިޔާސީ މުވައްޒަފުންގެ މުސާރަ އާއި ބޭރު ދަތުރުގެ ޓިކެޓާއި ބޭސް ފަރުވާގެ ކަންތައްތަކަށް ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.

އައްބާސް އަދި ވިދާޅުވީ މި ސަރުކާރުން ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި އެއްވެސް ގޮތަކަށް ބޭނުންކޮށްފައި ނުވާނެ ކަމަށެވެ.