Last Updated: April 24, 21:50
Wednesday, April 24, 2024
ޚަބަރު

ސެމިނާއަކަށް ކައުންސިލްގެ ޑިރެކްޓަރަކު ޗައިނާ އަށް

"ސެމިނާ އޮން ޕަބްލިކް އެޑްމިނިސްޓްރޭން ފޮ ސިވިލް ސާވަންޓްސް އޮފް މޯލްޑިވްސް" ގައި ބައިވެރިވުމަށް އައްޑޫ ސިޓީ ކައުންސިލްގެ ޑިރެކްޓަރަކު ޗައިނާ އަށް ފުރައިފި އެވެ.

އެ ސެމިނާގައި ކައުންސިލްގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ ޑިރެކްޓަރު ޝިޒްލީނާ އަސްލަމެވެ.

އޭނާއަކީ ކުރިން ކައުންސިލްގެ މީޑިއާ ޑިޕާޓްމަންޓްގައި ވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ވެސް ބައިވެރިވާ ސެމިނާގައި އެކި އޮފީސްތަކުގައި މަސައްކަތް ކުރާ އިސް މުވައްޒަފުން ސެމިނާގައި ބައިވެރިވެ އެވެ.

ބައިވެރިން ޗައިނާ އަށް ފުރީ އިއްޔެ އެވެ.

"ސެމިނާ އޮން ޕަބްލިކް އެޑްމިނިސްޓްރޭން ފޮ ސިވިލް ސާވަންޓްސް އޮފް މޯލްޑިވްސް" ކުރިއަށް ދާނީ މާދަމާ އިން ފެށިގެން އަންނަ ސެޕްޓެމްބަރު މަހުގެ 19 ގެ ނިޔަލަށެވެ.