Last Updated: May 14, 17:27
Wednesday, May 14, 2025
ޚަބަރު

ފިޔަވަޅު އެޅިޔަސް ޑޮކިއުމެންޓްރީ އާންމު ވާނެ: ޑރ. ޝަހީދު

ކޮންމެފަދަ ފިޔަވަޅެއް އެޅިޔަސް ދިވެހިންގެ ތެރޭގައި އަލްޖަޒީރާގެ ޑޮކިއުމެންޓްރީ އާއްމު ނުވާނެ ގޮތަށް ނެހެދޭނެކަމަށް އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރ ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.

އަންނަ އާދީއްތަ ދުވަހު އަލްޖަޒީރާއިން ގެނެސްދިނުމަށް ހަަމަޖެހިފައިވާ "ސްޓީލިން ޕެރަޑައިސް"ގައި ރާއްޖެ އާއި ގުޅޭ ގޮތުން ދޮގު މައުލޫމާތެއް ހިމަނާފައިވާ ނަމަ އެފަދަ މައުލޫމާތެއް ދިން ފަރާތަކާއި މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހަސަން މަނިކު ވިދާޅުވުމާއި ގުޅިގެން ޝަހީދު ވިދާޅުވީ "ކަރަންޓް ކަނޑާލިޔަސް" ދިވެހިން އެޑޮކިއުމެންޓްރީ ބަލާނެ ކަމަށެވެ.

ޝަހީދު އިތުރަށް ވިދާޅުވީ ބިލިއަނަކަށްވުރެ ގިނަ މީހުން ތިބީ ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހު ދައްކަން ހަމަޖެހިފައިވާ ޓީވީ ޕްރޮގްރާމަކަށް ވަރަށް ބޮޑަށް ޝައުގުވެރިވެގެން ކަމަށެވެ.

ސަރުކާރުގެ އެކިފަރާތްތަކުން ގެންދަނީ މި ޑޮކިއުމެންޓްރީގައި ހިމެނިދާނެ ވާހަކަތަކަކީ ދޮގުވާހަކަތަކެއް ކަމަށް ބުނަމުންނެވެ. އެގޮތުން

މި ޑޮކިއުމެންޓްރީއަކީ އިދިކޮޅު ފަރާތްތަކުން ފައިސާ ދީގެން ތައްޔާރުކޮށްފައިވާ އެއްޗެއްކަމަށް ތުހުމަތުކޮށްފަ އެވެ.