Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ފެން ހިއްކަން އެމްއެންޑީއެފްގެ އެހީ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި، ހިތަދޫއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ސިފައިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ.

ރެއިން ފެށިގެން ހުއްޓުމެއްނެތި އައްޑޫއަށް ކުރަމުންދާ ވިއްސާރާގައި ހިތަދޫގެ ފެންބޮޑުވެފައިވާ މަގުތަކުގައި މިއަދު މެންދުރު 12:30 ން ފެށިގެން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން، ފެން ހިންދުމަށް ޕަންޕު ބަހައްޓައިގެން ދަނީ މަސައްކަތް ކުރަމުންނެވެ.

mndf

ވިއްސާރައާއި ގުޅިގެން ހިތަދޫގެ ބައެއް ގޭގެއަށް ފެންވަންނަމުންދާތީ އެ ގޭގޭގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތްވެސް ސަދަން އޭރިއާގެ ސިފައިން އަންނަނީ ކުރަމުންނެވެ.