Last Updated: June 28, 11:05
Sunday, June 28, 2026
ކުޅިވަރު

މެސީ އަލުން ގައުމީ ޓީމުގެ ފަރިތަކުރުންތަކަށް

ނިމިގެން ދިޔަ ކޮޕަ އެމެރިކާ ފައިނަލުގައި ޗިލީ އަތުން ބަލިވެ އާޖެންޓީނާ ޓީމުން ރިޓަޔާކުރި ކެޕްޓަން ލިއޯ މެސީ ރިޓަޔާމެންޓުން އަނބުރާ އައިސް ޓީމުގެ ފަރިތަކުރުންތަކުގައި އިއްޔެ ބައިވެރިވާން ފަށައިފިއެވެ.

ބާސެލޯނާ އަދި ބިލްބާއޯ ކުޅުނު މެޗުގައި އޭނާއަށް ލިބުނު އަނިޔާއެއްގެ ސަބަބުން ހޯމަ ދުވަހު ބާސާ ޓްރެއިނިންގ ގްރައުންޑުގައި މެޑިކަލް ހެދިނަމަވެސް އޭނާ ވަނީ އަނިޔާއެއް ނެތް ކަމަށް ޑޮކްޓަރުންގެ ފަރާތުން ޔަގީންކަން ލިބިފައިވާތީ އާޖެންޓީނާގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ.

އާޖެންޓީނާގެ ގައުމީ ޓީމުގެ އޮފިޝަލް ޓްވިޓާގައި ކުރި މިޕޯސްޓުގައި ވަނީ ލިއޯ މެސީގެ އެނބުރި އައުމަށް މަރުހަބާ ކިޔާފައެވެ.

ހުކުރު ދުވަހު އުރުގުއޭ އާ ދެކޮޅަށް ކުޅޭ މެޗުގައި މެސީއަށް ކުޅެވޭނެ ކަމަށް ޓީމުން ވަނީ ބުނެފައެވެ. ނަމަވެސް ފޯވާޑް ސާޖިއޯ އަގުއޭރޯ އަދި ޑިފެންޑަރު މަޝެރާނޯ އަށް އަނިޔާގެ ސަބަބުން މިމެޗުގައި ނުކުޅެވޭނެކަމަށް ޓީމުން ވަނީ ކަށަވަރުކޮށްދީފައެވެ.

މެސީގެ ރިޓަޔާމެންޓު އިއުލާން ކުރުމުން ގިނަ ބަޔަކު ވަނީ އޭނާގެ އެ ނިންމުމަށް ފާޑުކިޔާފައެވެ. އޭގެތެރޭގައި އާޖެންޓީނާގެ ކުރީގެ ކެޕްޓަން ޑިއޭގޯ މެރެޑޯނާ ހިމެނެއެވެ.