Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

އަހަރީ އިނާމް ހަފުލާ އަންނަ މަހު 3 ގައި

އައްޑޫ ސިޓީ ކައުންސިލް މުވައްޒަފުންގެ އަހަރީ އެވޯޑް ހަފުލާ އަންނަ މަހު ބާއްވަން ނިންމައި، ހަފުލާގެ ތައްޔާރީތައް ވާން ފަށައިފި އެވެ.

ކައުންސިލުން ބުނީ މުވައްޒަފުންގެ އެވޯޑް ހަފުލާ އޮންނާނީ އަންނަ މަހުގެ 3 ވަނަ ދުވަހުގެ ރޭ މަރަދޫ އިރުޝާދިއްޔާ ސްކޫލްގައި ކަމަށެވެ.

މިދިޔަ އަހަރު ކައުންސިލްގެ މުވައްޒަފުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ މުވައްޒަފުންނަށް އެ ހަފުލާގައި އެވޯޑް ދޭނެ އެވެ.

އެވޯޑް ދޭ ދާއިރާތަކުގެ ތެރޭގައި އެމްޕްލޯއި އޮފް ދި އިޔާ، ޕާފެކްޓް އެޓެންޑަންސް އެވޯޑް އަދ ލޯންގް ސާވިސް އެވޯޑް ގަދަ އެވޯޑްތައް މުވައްޒަފުންނަށް ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އަހަރީ ބައްދަލުވުުމުގެ ހަފުލާގެ ޑިނާ ތައްޔާރުކޮށް ދޭނެ ފަރާތެއް ހޯދަން ވެސް ކައުންސިލުން މިހާރު ވަނީ އިއުލާންކޮށްފަ އެވެ.