އެމްޑީޕީގެ ސ.ހުޅުދޫ ދާއިރާގެ ރައީސް އިލްޔާސް ލަބީބް، ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށް ފޯނު އަތުލާފައިވަނީ އިތުރު ބަޔަކާއި ގުޅިގެން "ސަރުކާރު ވައްޓާލަން" ރާވާ ކަމުގެ ތުހުމަތުގައި ކަމަށް އިލްޔާސްގެ ވަކީލް ނާޒިމް ސައްތާރު ވިދާޅުވެއްޖެއެވެ.
ކުރިން ހުޅުމީދޫ ދާއިރާގެ މެމްބަރު ކަން ކުރެއްވި އިލްޔާސް ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައިވަނީ މިއަދު ހަވީރު ކެފޭއެއްގެ ތެރޭގައި ހުންނަވަނިކޮށެވެ. އިލްޔާސް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ފޯނު އަތުލުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.
ރައީސް ޔާމީންގެ ސަރުކާރު ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި "ވައްޓާލަން އުޅޭކަމަށް" ބީބީސީން ވަނީ ރިޕޯޓްކޮށްފައެވެ.
ނަމަވެސް އެކަމާއި ގުޅޭ ތަފްސީލެއް ބީބީސީން ހާމަކޮށްފައި ނުވެއެވެ.