ގާނޫނީ ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ގ. ކެނެރީގެއަށް ފުލުހުންވަދެ ފާސްކޮށްފިއެވެ.
ކެނެރީގެއަށް ވަނުމަށް ހޯދާފައިވާކަމަށް ބުނާ ކޯޓު އަމުރުގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އިރު އަމުރުގައިވަނީ ސަރުކާރު ވައްޓާލުމަށް ރާވައި، އެކަމުގައި މީހުންގެ އެހީތެރިކަން ހޯދައި އާންމުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދައި މާލެ ތެރޭގައި ހަމަނުޖެހުން ހިންގުމަށް ރާވަމުންދާ ކަމުގެ ތުހުމަތު ކުރެވޭތީ ހެކި ހޯދުމަށް ކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން ކެނެރީގެ ފާސްކޮށްފައިވާއިރު އެގެއިން އެއްވެސް އެއްޗެއް ގެންދިޔަ ކަމެއް އަދި ސާފެއް ނުވެއެވެ.
ގާނޫނީ ސަރުކާރު ވައްޓާލަން ރާވާ ކަމުގެ ތުހުމަތުގައި ކުރީގެ ހުޅުމީދޫ ދާއިރާގެ މެމްބަރ އިލްޔާސް ލަބީބްގެ ފޯން ފުލުހުންގެ ބެލުމުގެ ދަށައް މިއަދު ހަވީރުވަނީ ގެންގޮސްފައެވެ.