ޑޭވިޑް ލުއިޒްގެ ޗެލްސީ އެނބުރި އައުން، މޫސާ ސިސޯކޯ ޓޮޓެންހަމް ހޮޓްސްޕާސް އަށް ސޮއިކޮށް، ޖެކް ވިލްޝެއާ ބޯންމައުތްއަށް ލޯނަކަށް ދިއުން ވެގެން ދިޔައީ މިފަހަރުގެ ޓްރާންސްފާ ޑެޑްލައިންޑޭގެ އެންމެ ބޮޑު ތިން ޓްރާންސްފާއަށެވެ.
ޕްރިމިއާ ލީގު ކުލަބުތަކުން ވަނީ މިފަހަރުގެ ވިންޑޯގައި ރިކޯޑު 1 ބިލިޔަން ޕައުންޑު ކުޅުންތެރިންނަށް ހޭދަކޮށްފައެވެ. އެގޮތުން މެންޗެސްޓާ ޔުނައިޓެޑުން ދުނިޔޭގެ ރިކޯޑު 89 މިލިޔަން ޕައުންޑުގެ އަގަކަށް ޕައުލް ޕޮގްބާ އެނބުރި ކުލަބަށް ގެނައުން ހިމެނެއެވެ.
މީގެ އިތުރުން ސިޓީގެ ފޯވާޑް ވިލްފްރެޑް ބޮނީ ލޯނަކަށް ސްޓޯކް ސިޓީއަށް ފޮނުވައި، ވޭލްސްގެ ހާލް ރޮބްސަން ކަނޫ ވަނީ ވެސްޓް ބްރޮމް އާއި ގުޅިފައެވެ. ލެސްޓާ ސިޓީއިން 30 މިލިޔަން ދީފައި ސްޕޯޓިންގ ލިސްބަންގެ އިސްލާމް ސްލިމާނީ ގެނެސްފައިވަނީވެސް ޓްރާންސްފާ ޑެޑްލައިންޑޭގައެވެ.
ވިލްޝެއާ އަދި ބޮނީގެ އިތުރުން މެންޗެސްޓާގެ ދެ ޓީމު ވަނީ ގިނަ ކުޅުންތެރިންނެއް ސީޒަން ނިމެންދެން ލޯނަކަށް ފޮނުވާލާފައެވެ. ސިޓީއިން ލޯނަށް ފޮނުވާފައި ތިބި ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ:
މެންޗެސްޓާ ޔުނައިޓެޑަށް ބަލާއިރު ގިނަ ޒުވާން ކުޅުންތެރިންނެއް ވަނީ ސީޒަން ނިމެންދެން އެކި ޓީމުތަކަށް ލޯނަށް ފޮނުވާލާފައެވެ.
Here's to a successful season-long loan for goalkeeper @ElgatoPereira1. Joel's joining Belenenses in Portugal. #MUFC pic.twitter.com/1Ahu0Ic20C
— Manchester United (@ManUtd) August 31, 2016
Good luck to James Weir as the young midfielder joins Hull City from #MUFC on a three-year contract. pic.twitter.com/1jokkxQND4
— Manchester United (@ManUtd) August 31, 2016
މީގެ އިތުރުން އެނާ ވެލެންސިއާ ވެސްޓް ހެމް އިން އެވަޓަން އަށް ލޯނަކަށް ފޮނުވާލާފައިވާއިރު އަލަވާރޯ އާބެއޯލާ ވަނީ ހިލޭ ޓްރާންސްފާއެއްގައި ރިއަލް މެޑްރިޑް އިން ވެސްޓް ހެމް އަށް ބަދަލުވެފައެވެ.
ޕްރިމިއާ ލީގު އެނބުރި އަންނަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އަންނަ އިރު އެންމެ ގިނަ ބަޔަކު އިންތިޒާރު ކޮށްގެން ތިބީ މެންޗެސްޓާ ޑާބީ އަށެވެ.