Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ކެނެރީގެ ފާސް ކުރީ ޖެއްސުމަށް: ހަސަން ލަޠީފް

ގަނޫނީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރާކަމުގެ ތުހުމަތުގައި ގ. ކެނެރީގެ ފުލުހުން ބަލާ ފާސްކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރު ނުކުރެވުމުން އާއިލާއަށް ޖެއްސުން ކުރުމުގެ ގޮތުން ކަމަށް ނަޝީދުގެ ގާނީނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ ގާނޫނީ ވަކީލް ހަސަން ލަޠީފް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހަސަން ލަޠީފް ވިދާޅުވީ، ކ. ކެނެރީގެއަކީ ސިޔާސީ އެއްވެސް ހަރަކާތެއް ހިންގާ ގެއެއް ނޫންކަމަށާއި، ކޯޓު އަމުރެއްގެ ދަށުން އެގެ ބަލައި ފާސްކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

"ކެނެރީގޭގައި އުޅުއްވަނީ ރައީސް ނަޝީދުގެ އާއިލީ ބޭފުޅުން، އެއީ އެއްވެސް ސިޔާސީ ކަމެއްގައި ބައިވެރިވާ ބައެއް ނޫން، އެހެންވެ އެގެ ފާސް ކުރަންވީ ސަބަބެއް ނެތް"

ހަސަން ވިދާޅުވީ، ލަންކާގައި މިވަގުތު ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ހައްޔަރު ނުކުރެވުމުން އާއިލާއަށް ޖެއްސުން ކުރާއިރު، ނަޝީދު ހައްޔަރު ކުރުމުގެ ފުރުސަތެއް ލަންކަ ސަރުކާރުން ނުދޭނެކަމަށް ހަސަން ވިދާޅުވިއެވެ.

ރާއްޖޭގެ ސަރުކާރު ގާނޫނާއި ހިލާފަށް ބަދަލު ކުރަން އުޅޭ އަޑުފެތުރިފައިވާ އިރު ހަސަން ވިދާޅުވީ، ގާނޫނާއި ގަވާއިދުގެ ތެރެއިން ވެރިކަން ބަދަލު ކުރެވޭ ގޮތް އެބައޮތް ކަމަށެވެ.

ކެނެރީގެ ފުލުހުން ރޭ ބަލާ ފާސްކޮށްފައިވާ އިރު ކުރީގެ ހުޅުމީދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބްގެ ފޯނު ފުލުހުން ވަނީ ސަރުކާރު ވައްޓާލަން" ރާވާ ކަމުގެ ތުހުމަތުގައި އަތުލާފައެވެ.