Last Updated: May 16, 06:08
Thursday, May 16, 2024
ޚަބަރު

މެމްބަރު އަމީތު ފުލުހުންގެ ބެލުމުގެ ދަށަށް

ރ. މަޑުއްވަރީ ދާއިރާގެ ޕީޕީއެމްގެ މަޖިލިސް މެމްބަރު މުހައްމަދު އަމީތު އަހްމަދު ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފި އެވެ.

މަންޒަރު ދުށް މީހަކު "އައްޑޫ ލައިވް"އަށް ބުނީ މިއަދު މެންދުރު 12 ޖަހާކަށް ހާއިރު އަމީތު ސައިކަލްގައި މޮބައިލް ފޯނުން ވާހަކަ ދައްކަމުން ދަނިކޮށް މަޑު ކުރުމަށް ފަހު ލައިސަންސް ދެއްކުމަށް ޓްރެފިކް ފުލުހުހަކު އެދުމުން އެކަމާއި ދެކޮޅު ހެދުމުން ފުލުހުންގެ ވެހިކަލަކަށް އަރުވައިގެން ގެންގޮސްފައިވާ ކަމަށެވެ.

ameeth1

ފުލުހުން ލައިސަންސް ދޭން އެދުމުން އަމީތު ވިދާޅުވީ ސައިކަލް ދުއްވަމުން މޮބައިލް ފޯނު ބޭނުން ނުކުރާ ކަމަށާއި، މަޑުކޮށްގެން ހުރެ މޮބައިލް ބޭނުން ކުރި ކަމަށެވެ. އަދި އޭނާއަކީ މަޖްލިސް މެމްބަރެއް ކަން ޓްރެފިކް ފުލުސް މީހާއަށް ދެންނެވިއެވެ.

ހެންވޭރު ސަހަރާ ސަރަހައްދުގައި ހިނގި މި ހާދިސާ އާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް އިސްމާއިލް އަލީ ވިދާޅުވީ އަމީތު ފުލުހުންގެ ހަވާލަށް ގެނެވުނު ނަމަވެސް އިތުރު ތަފްސީލެއް އަދި ލިބިފައި ނުވާ ކަމަށެވެ.

އިސްމާއިލް ވިދާޅުވީ ޓްރެފިކް މައްސަލައެއްގައި އެއްވެސް މީހަކު ހައްޔަރު ނުކުރާނެ ކަމަށާއި، މައުލޫމާތު ނެގުމަށްފަހު ދޫކޮށްލާނެކަމަށެވެ. ނަމަވެސް އަދި މިހާތަނަށް އަމީތު ފުލުހުންގެ ބެލުމުގެ ދަށައް ގެނައި ކޮން ސަބަބަކާއި ހުރެގެންކަން ސާފު ނުވާކަމަށެވެ.

"ފުލުހުންގެ ދައުރަށް ހުރަސް އަޅައިފިނަމަ އެއީ ވަކި މައްސަލައެއް، އެކަމަކު ޓްރެފިކް ކަމެއް ނަމަ، މައުލޫމާތު ސާފު ކުރުމަށްފަހު އެމީހަކު ދޫކޮށްލާނެ،" އިސްމާއިލް ވިދާޅުވިއެވެ.