Last Updated: May 21, 20:55
Tuesday, May 21, 2024
ވިޔަފާރި

ގަމާއި ލަންކާ އާ ދެމެދު ދަތުރުތައް ނޮވެމްބަރުގައި ފަށަނީ

ގަމާއި ލަންކާ ދެމެދު ޝެޑިއުލް ދަތުރުތައް އަންނަ ނޮވެމްބަރު މަހު އެއް ވަނަ ދުވަހު ފަށަން ނިންމާފައިވާ ކަމަށް ސްރީލަންކަން އެއާލައިންސުން ބުނެފި އެވެ.

ސްރީލަންކަން އެއާލައިންގެ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރު ރޯޝަން މަދުރަވަލާ "އައްޑޫ ލައިވް"އަށް ވިދާޅުވީ، ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހު ދަތުރު ފެށުމަށް ވާން ޖެހޭ ތައްޔާރީތައް މިހާރު ކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ ގަމާއި ލަންކާ އާ ދެމެދު ހަފްތާއަކު ހަތަރު ފްލައިޓް ބާއްވަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ނޮވެމްބަރު މަހުގެ 1، 4،5 އަދި 6 ގައި ފުރަތަމަ ހަތަރު ފްލައިޓް ޝެޑިއުލްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަންނަ ހަފުތާތެރޭގައި ސްރީލަންކަންގެ ޓީމެއް އައްޑު އަށް ޒިޔާރަތް ކުރުމަށް ވެސް ހަމަޖެހިފައިވެ އެވެ.

ގަމާއި ލަންކާ އާއި ދެމެދު ސީދާ ދަތުރު ފެށުމަށް 2013 ވަނަ އަހަރު މާޗް މަހުގައި ވެސް މަސައްކަތް ކުރި އެވެ. ނަމަވެސް އެ ފަހަރު ދަތުރުފެށުމުގެ ހުއްދަ ސްރީ ލަންކަން އަށް ކަމާ ބެހޭ އިދާރާތަކުން ދީފައެއް ނުވެ އެވެ.