Last Updated: June 26, 20:28
Friday, June 26, 2026
ކުޅިވަރު

އޮޕޯރީގެ ލަނޑާ އެކު ހިތަދޫ ޓީމްގެ ފެށުން ރަނގަޅުކޮށްފި

މިނިވަން ފަންސާސް ޗެމްޕިއަންޝިޕް މުބާރާތުގެ ފުރަތަމަ މެޗް ފަހު ވަގުތު ހިތަދޫ ޓީމުން ކާމިޔާބްކޮށްފި އެވެ.

ޖުމްލަ 3 ޓީމް ވާދަ ކުރާ މުބާރާތުގައި ފުރަތަމަ ލަނޑު ޖަހާ ލީޑް ނެގީ މަރަދޫ ޓީމުންނެވެ. މެޗްގެ 3 ވަނަ މިނިޓްގައި މަރަދޫ ޓީމަށް ލީޑް ނަގައިދިނީ ލިބުނު ހިލޭ ޖެހުމަކުން އެޓީމްގެ ޖޯޒީ ނަންބަރު 8 ހަސަން ނަސީރުއެވެ.

ހިތަދޫ ޓީމުން މެޗްގެ ނަތީޖާ ހަމަހަމަކުރީ މެޗްގެ 29 ވަނަ މިނިޓްގައި އިބްރާހިމް އާސިފް ޖަހާދިން ލަނޑުންނެވެ. ފުރަތަމަ ހާފް ނިމުނީ 1-1 ގެ ނަތީޖާއަކުންނެވެ.

DSC_9431

މަރަދޫ ޓީމުން ދެވަނަ ފަހަރަށް ލީޑް ނެގީ، އެޓީމްގެ ވާތްފަރާތު ފަޅިން ކުޅެމުން ދިޔަ ހަސަން އަޠޫފް ދުރުން ފޮނުވާލި ބޯޅައެއް ގޯލްގެ ކަނަށް ވައްދައިގެން ޖެހި ލަނޑުންނެވެ.

ހިތަދޫ ޓީމުން އެއްވަރު ކުރި ލަނޑާއި އެޓީމް މޮޅުކޮށްދިން ލަނޑު ޖަހާދިނީ ހިތަދޫ ޓީމްގެ ގާނާގެ ޑިފެންޑަރު ޑެވިޑް އޮޕޯރީއެވެ. އޮޕޯރީ އެއްވަރު ކުރި ލަނޑު ޖަހާދިނީ މެޗްގެ 78 ވަނަ މިނިޓްގައެވެ. އަދި މޮޅުވި ލަނޑު ޖަހާދިނީ މެޗްގެ 94 ވަނަ މިނިޓްގައެވެ.

މުބާރާތުގައި ދެން މެޗެއް ކުޅޭނީ އަންނަ ހޮނިހިރު ދުވަހުއެވެ. ބައްދަލު ކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ފޭދޫ ޓީމާއި މަރަދޫ ޓީމެވެ.