ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަން އިން މި އަހަރު ބެލުންތެރިންނާ ހަމައަށް ގެނެސް ދޭން ހަމަޖެހިފައިވާ ފިލްމްތަކުގެ ތެރޭގައި ހިމެނޭ އަދި ގިނަ ބަޔަކު މިހާރު ވެސް ކެތްތެރި ކަމެެއް ނެތި އިންތިޒާރު ކުރަމުން އަންނަ "ޔޭ ޖަވާނީ ހޭ ދީވާނީ" ގެ މަންޒަރުތުރައް ކަޝްމީރުގައި ނަގަން ފަށައިފި އެވެ.
އަޔާން މުކަރްޖީ ޑައިރެކްޓް ކުރާ މި ފިލްމްގެ ތަރިންނަކީ ކުރީގެ ދެ ލޯބިވެރިން ކަމަށްވާ ރަންބީރު ކަޕޫރާއި ދީޕިކާ ޕަދްކޯންގެ އިތުރުން ކަލްކީ ކޮޗިންގެ އިތުރުން އަދިތިޔާ ރޯއި ކްޕޫރެވެ.
"ވޭކް އަޕް ސިދް" އަށް ފަހު އަޔާން ޑައިރެކްޓް ކުރާ ލޯބީގެ ފިލްމް "ޔޭ ޖަވާނީ ހޭ ދީވާނީ" ގެ ކްރޫ މިހާރު އަންނަނީ ކަޝްމީރުގެ ހިތްގައިމު ވާދީތަކުގައި ފިލްމްގެ ލަވަތަކެއްގެ މަންޒަރުތައް ނަގަމުންނެވެ. ކަރަންގެ "ސްޓޫޑަންޓް އޮފް ދި ޔެއާ" ގެ "އިޝްގް ވާލާ ލަވް" ލަވައިގެ މަންޒަރުތައް ވެސް ނަގާފައި ވަނީ ކަަޝްމީރުގަ އެވެ.
މިއީ 2009 ވަނަ އަހަރުގެ "ބަޗްނޭ އޭ ހަސީނޯ" އަށް ފަހު ރަންބީރާއި ދީިޕިކާ އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ. އަދި މިއީ އެ ދެ މީހުންގެ ލޯބީގެ ގުޅުން ނިމުމަކަށް އައުމަށް ފަހު ވެސް އެކުގައި މަސައްކަތް ކުރާ ފުރަތަމަ ފިލްމެވެ. މިއީ ބޮލީވުޑުން ވަރަށް ނުފެންނަ މަންޒަރެކެވެ.
މެއި 31 ގައި ރިލީޒް ކުރަން ހަމަޖެހިފައިވާ "ޔޭ ޖަވާނީ ހޭ ދީވާނީ" ގައި މަދޫރީ ޑިކްޝިޓްގެ އަައިޓަމް ލަވައެއް ވެސް ހިމެނޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އަދި އެ ލަވައިގައި މަދޫރީ އާ އެކު ރަންބީރު ވެސް ފެނިގެން ދާނެ ކަމަށްވެ އެވެ. އެހެން ނަމަވެސް އެކަން އަދި ކަރަން ކަށަވަަަރެއް ނުކޮށްދެ އެވެ.